ތަޢާރަފް
މި އެސައިންމަންޓަކީ ކުލާހުގައި ގެންގޮސްފައިވާ އައިސީޓީ
ޓޫލްތަކުގެ ސަބަބުން ކިޔަވައިދިނުމަށް އައި ބަދަލުތަކާއި ދަރިވަރުންގެ އުނގެނުމަށް
އައި ކުރިއެރުންތަކާއި ފައިދާތަކާއި ހުރި ގޮންޖެހުންތަކުގެ އިތުރުން
މުދައްރިސުންގެ ކިޔަވައިދިނުމަށް ލިބުނު ކުރިއެރުންތައް ބަޔާންކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ
ޕޯރޓިފޯލިއޯއެކެވެ. މި ގޮތުން މި އެސައިންމަންޓްގައި ބަލާލައިފައިވާނީ ޓޫލްސްތަކުގެ
ކުރު ތަޢާރަފަކާއި ކުލާހުގައި މި ޓޫލްސްތައް ބޭނުންކުރުމުން ފާހަގަކުރެވުނު
ލިމިޓޭޝަންތަކާއި އެކަން މެނޭޖުކުރި ގޮތްތަކަށެވެ. މީގެ އިތުރުން މުދައްރިސުން މި
ޓޫލް ބޭނުންކުރާނެ ގޮތްތަކާއި ކުރާނޭ ކަންކަން ބަޔާންކޮށްދިނުމާއި ދަރިވަރުން މި
ޓޫލް ބޭނުންކުރާނެ ގޮތްތަކާއި ކުރާނެ ކަންކަން ވެސް ބުނެދީފައިވާނެއެވެ. އަދި
ހަމައެހެންމެ އައިސީޓީ ޓޫލްތައް ބޭނުންކުރުމާމެދު ދެކޭ ގޮތުގެ ރިފްލެކްޝަނެއް ވެސް
ބަޔާންކޮށްފައިވާނެއެވެ. ހަމައެހެންމެ އައިސީޓީ ޓޫލް ބޭނުންކުރުމަކީ ކިހާ
ފައިދާހުރި ކަމެއްކަން ހާމަކޮށްދިނުމުގެ ގޮތުން ކުރިޓިކަލް ގޮތެއްގައި
ޚިޔާލުތަކެއް ވެސް ހުށައަޅާފައިވާނެއެވެ.
ޓޫލްސްތަކުގެ ކުރު ތަޢާރަފެއް
1. ގޫގުލް ކުލާސްރޫމް ތަޢާރަފް
ގޫގުލް ކްލާސް ރޫމަކީ ޢާއްމު
ކްލާސްރޫމެއްގައި މަސައްކަތްކުރާ ގޮތަށް ދަރިވަރުންނަށް ކިޔެވުމުގެ މާހައުލެއް އުފައްދައިދޭ އައިސީޓީ ޓޫލެކެވެ. މި ޓޫލް ބޭނުންކުރެވޭނީ އޮންލައިންވުމަށްފަހު
އަމިއްލަ މެއިލް އެކައުންޓެއް ބޭނުންކޮށްގެންނެވެ. މިގޮތުން ފުރަތަމަ ކްލާސް
ރޫމަށް ވަނުމުގެ ކުރިން އަމިއްލަ ޖީ- މެއިލް އެކައުންޓެއް އޮންނަންޖެހޭނެއެވެ.
މިގޮތުން ދަރިވަރާއި މުދައްރިސް ބޭނުންކުރާ މެއިލް ވާންޖެހޭނީ އެއްބާތެއްގެ
މެއިލްއަކަށެވެ. މިސާލަކަށް mymailid@gmail.com ފަދަ "ޑޮމެން ނޭމް"
އެއްގޮތްވާންޖެހޭނެއެވެ. މީގެ އިތުރުން ގޫގުލް ކުލާސްރޫމަކީ "ފްރީކޮށް"
ބޭނުންކުރެވޭ ގޫގުލް ޕްރޮޑަކްޓެކެވެ. ޢާއްމު ގޮތެއްގައި ގޫލް ކްލާސްރޫމްގައި
ދަރިވަރުންނަށް މަސައްކަތް ހަވާލުކުރުމާއި މާއްދާގެ ނޯޓްސްދިނުމާއި މެސެޖްކުރުމާއި
ޝެއަރކުރުން ހިމެނެއެވެ. މީގެ އިތުރުން ދަރިވަރުން މަސައްކަތްތައް
ފުރިހަމަކުރުމަށްފަހު އަޕްލޯޑްކުރުމަށްފަހު ޚިޔާލުދިނުމާއި ވަޒަންކުރުންފަދަ
އުނގެނުމުގެ ޙަރަކާތްތައް ކުރިއަށް ގެންދެވެއެވެ. ގޫގުލް ކްލާސްރޫމަކީ
ބޭނުންކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެން ވެސް މަސައްކަތްކުރެވޭ ގޮތަށް
އުފައްދާފައިވާ ޓޫލެކެވެ.
* މަޢުލޫމާތު ނެގި ލިންކްތައް:-
ފާހަގަކުރެވުނު ލިމިޓޭޝަންތައް /
މެނޭޖުކުރި ގޮތް
ގޫގުލް ކުލާސްރޫމް ބޭނުންކުރުން
ދިވެހި
ގަޑީގައި ގޫގުލް ކުލާސްރޫމް ފުރަތަމަ ފަހަރު ބޭނުންކުރިއިރު މި ގަޑި ގެންދެވުނީ
ގްރޭޑް 10 ގެ ދަރިވަރުންނަށް، ދިވެހި ޕާސްޓް ޕޭޕަރ ފަރިތަކުރުމަށެވެ. މިއީ އަލަށް
ތަޖުރިބާކުރެވުނު ކަމަކަށްވުމުން ބައެއް މައްސަލަތައް ދިމާވިއެވެ. މިގޮތުން ދިމާވި
އެއް މައްސަލައަކީ ބައެއް ދަރިވަރުންގެ އަތުގައި އަމިއްލަ ޖީ- މެއިލް އެކައުންޓެއް
ނެތުމެވެ. ހަމައެހެންމެ އިންޓަރނެޓްގެ ސްޕިޑް ދަށްވުމުގެ ސަބަބުން ބައެއް
ދަރިވަރުންނަށް ކުލާސްރޫމަށްވަދެ އަޕްލޯޑްކުރަން ވެސް ދަތިވެއެވެ. މިކަންތައްތައް
ހައްލުކުރުމުގެ ގޮތުން ކުރި އެއްކަމަކީ އެކައުންޓެއް ނެތް ދަރިވަރުން، އެކައުންޓް
ބޭނުންކުރެވޭ ކުއްޖަކާއެކު ޝެއަރކޮށްގެން މަސައްކަތްކުރުވުމެވެ. އަދި ފަހުން
އެދަރިވަރު ލައްވާ ހުޅުވުމެވެ. މީގެ އިތުރުން އިންޓަރނެޓްގެ ސްޕީޑް ދަށްވުމުގެ
މައްސަލަ ހައްލުކުރީ އަމިއްލަ މޮޑަމެއް ބޭނުންކޮށްގެންނެވެ. ސްޕީޑްގެ މައްސަލަ
ދިމާވުމުން މެނޭޖްމަންޓާ ވާހަކަދައްކައިގެން އެކަން ހައްލުކޮށްދިނުމަށް
އެދިފައިވާނެއެވެ.
މުދައްރިސުން މި ޓޫލް
ބޭނުންކުރާނެ ގޮތް / ކުރާނޭ ކަންކަން
ގޫގުލް ކުލާސްރޫމް
ގޫގުލް
ކުލާސްރޫމްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ޓަކައި މުދައްރިސުން ފުރަތަމަ
ކުރަންވީ ކަމަކީ ދަރިވަރުން ލައްވާ ޖީ- މެއިލް އެކައުންޓެއް ހުޅުވުމުވެ.
އެއަށްފަހު ލޮގިންވާންވީ ގޮތް ބުނެދީ ދަރިވަރުން ލޮގިންވިކަން
ޔަޤީންކުރަންވާނެއެވެ. އޭގެ ފަހުން ކްލާސްރޫމަށް ވަދެފައި ސްޓްރީމް، ކްލާސް ވޯރކް
އަދި ޕީޕަލް މި ތިންބައިގެ ތެރެއިން މަސައްކަތް ދީފައިވާ ބައި ބަލައި،
މަސައްކަތްތައް ޑައުންލޯޑްކުރުމަށް އިރުޝާދު ދޭންވަނެއެވެ. މިގޮތަށް ޑައުންޑްކުރާ
ފައިލްތައް ފަސޭހައިން ފެންނަ ގޮތަށް ވަކި ފޯލްޑާއެއްގައި ރައްކާކުރުމަށް ހަނދާންކޮށްދޭން
ވާނެއެވެ. މީގެ އިތުރުން މަސައްކަތްތައް ނިމުމުން ކަނޑައެޅިފައި އޮންނަ ދުވަހަށް
އަޕްލޯޑްކުރުމަށް ވެސް ހަނދާންކޮށްދިނުމަކީ މުހިއްމު ކަމެކެވެ. ދަރިވަރުންނަށް
މަސައްކަތް ޙަވާލުކުރުމަށްފަހު ދޭތެރެ ދޭތެއިން ދަރިވަރުން މަސައްކަތް
އަޕްލޯޑްކުރިތޯ ބަލައި ނުކުރާނަމަ އިތުރަށް ހަނދާންކޮށްދެވިދާނެއެވެ. މީގެ
ސަބަބުން އަވަހަށް ނިމޭ މަސައްކަތްތައް ބަލަން ވެސް ފަސޭހަވާނެއެވެ.
ގޫގުލް
ކުލާސްރޫމް ބޭނުންކުރަނީ ދަރިވަރުން ޝައުޤުވެރިވާ ގޮތަށް މަސައްކަތްތައް
ކުރުވުމުގެ ގޮތުންނެވެ. މިގޮތުން ކަރުދާހުގެ މަސައްކަތްތައް މަދުކުރެވި
ޓެކްނޮލިޖީއަށް ދަރިވަރުން އަހުލުވެރި ކުރުވެއެވެ. އަދި ދަރިވަރުންކުރާ
މަސައްކަތްތަކަށް ވަގުތުން ފީޑްބެކްދެވި އެހެން ދަރިވަރުންނަށް މަސައްކަތް ޝެއަރ
ކުރެވުން ކިޔެވުމަށް ތަފާތު ކުރިއެރުންތައް ހޯދޭނެއެވެ. މިގޮތުން ގޫގުލް
ކުލާސްރޫމް މެދުވެރިކޮށް ދަރިވަރުން ލައްވާ ޕާސްޓް ޕޭޕަރުތައް ހެދުމާއި ޕްރޮޖެކްޓް
ވޯރކްސްދިނުމާއި ލިޔުންތެރިކަމުގެ މަސައްކަތްތައް ދިނުންފަދަ ކަންކަން
ދަރިވަރުންގެ ބައިވެރިވުން ލިބޭގޮތަށް ކުރެވިދާނެއެވެ.
ދަރިވަރުން މި ޓޫލް ބޭނުންކުރާނެ
ގޮތް / ކުރާނެ ކަންކަން
ގޫގުލް ކުލާސްރޫމް
ގޫގުލް
ކްލާސްރޫމް ބޭނުންކުރާ ކޮންމެ ދަރިވަރަކު ވެސް އަމިއްލަ ޖީ- މެއިލް އެކައުންޓެއް
ހުޅުވަން ޖެހޭނެއެވެ. އެއަށްފަހު މެއިލް ލޮގިންވުމަށްފަހު ޖީމެއިލް އެޕް
ތެރޭގައިވާ ކުލާސްރޫމަށް ވަންނާށެވެ. ދެން ސްޓްރީމް، ކްލާސް ވޯރކް އަދި ޕީޕަލް މި ތިންބައިގެ ތެރެއިން މަސައްކަތް އޮތްބައެއް ބަލައި ކުލާސްރޫމްގައިވާ މަސައްކަތްތައް ޑައުންލޯޑް ކުރާނީއެވެ.
މިގޮތަށް ޑައުންލޯޑްކުރާ މަސައްކަތްތައް ވަކި ފޯލްޑާއެއްގައި ބެހެއްޓުން
މުހިއްމެވެ.
2. ގޫގުލް ޑޮކްސް ތަޢާރަފް
![Image result for google docs](https://img.etimg.com/thumb/msid-67959578,width-643,imgsize-53190,resizemode-4/google-docs.jpg)
ގޫގުލް ޑޮކްސްއަކީ ކިޔުމާއި
ދޭހަކުރުމުގެ މަސައްކަތްތަކަށް އަމާޒުކޮށްގެން އޮންލައިންކޮށް ބޭނުންކުރާ
ޓޫލްސްތަކުގެ ތެރެއިން ވަރަށް ގިނަ މަސައްކަތްތައް ކުރެވޭ ގޮތަށް ފަރުމާ
ކޮށްފައިވާ ވޯރޑް ޕްރޮސެސްއެކެވެ. މިގޮތުން ލިޔުންތައް އުފެއްދުމާއި
އެޑިޓްކުރުމާއި ފޯމެޓިންގއާއި ކޮޕީކުރުމާއި ޕްރިންޓްކުރުމާއި ޝެއަރކުރުން އަދި
އަޕްޑޭޓްކުރުން ފަދަ މަސައްކަތްތައް އޮންލައިންކޮށް ކުރެވެއެވެ. މީގެ އިތުރުން
ފޮންޓް ބަދަލުކުރުމާއި ޓެކްސްޓް ބަދަލުކުރުމާއި ޓެކްސްޓް ލިސްޓްކުރުމާއި ޓޭބަލް
ހެދުމުގެ އިތުރުން ތަފާތު އިމޭޖުތައް ވެސް ބޭނުންކުރެވެއެވެ. އަދި ހަމައެހެންމެ
ދަރިވަރުން ތަފާތު ލިޔުންތައް އުފައްދާ ބްލޮގްސް ފަދަ މަސައްކަތްތައް
ޕަބްލިޝްކުރުމަށް ވެސް އެހީތެރިވެދެއެވެ. މީގެ އިތުރުން މި ޓޫލަކީ ދަރިވަރުން
ލައްވާ މަސައްކަތްކުރާއިރު ކަރުދާހުގެ މަސައްކަތްތައް މަދުކޮށް، ކުލާހުގައާއި
ގޭގައި ތިބިގެން ޝައުޤުވެރިކަމާއެކު މަސައްކަތްކުރެވޭ ގޮތަށް ފަރުކޮށްފައިވާ
ޓޫލެކެވެ. ގޫގުލް ޑޮކްސްއަކީ ވެސް ގޫގުލްގެ އުފެއްދުމެކެވެ.
* މަޢުލޫމާތު ނެގި ލިންކްތައް:-
ފާހަގަކުރެވުނު ލިމިޓޭޝަންތައް /
މެނޭޖުކުރި ގޮތް
ގޫގުލް ޑޮކްސް ބޭނުންކުރުން
ގޫގުލް
ޑޮކްސް ބޭނުންކުރީ ގްރޭޑް 9 ގެ ދަރިވަރުން ލިޔެފައިވާ މަޒުމޫނެއް އަލުން
އެޑިޓްކުރުމުގެ ގޮތުންނެވެ. މި ގަޑީގައި ބައެއް ދަރިވަރުންނަށް ދިމާވި
މައްސަލައަކީ މައިކްރޯސޮފްޓް އެކްސެލް އެއްގޮތަކަށް ވެސް ބޭނުންނުކުރާ
ދަރިވަރުންނަށް ކުރިއަށް ގެންދަން އުނދަގޫވުމެވެ. މިކަން ހައްލުކުރުމަށް ޓަކައި
ނޭނގޭ ދަރިވަރުން ގްރޫޕްކޮށްލުމަށްފަހު ކޮންމެ ސްޓެޕެއް ގެންދާނެ ގޮތް އަމަލީ
ގޮތުން ދައްކަމުން އޮޅުންފިލުވައިދިނީއެވެ. މީގެ އިތުރުން އެކުދިންނަށް އިތުރު
އެހެން ގަޑީއެއް ނަގައިގެން ބޭނުންކުރާނެ ގޮތް ކިޔައިދީ މަސައްކަތް ދަރިވަރުން
ލައްވާކުރުވީއެވެ. ޑޮކްސް ބޭނުންކުރަން ނޭނގޭ ދަރިވރުން ވެސް ވަރަށް
ކާމިޔާބުކަމާއެކު މި މަސައްކަތް ފުރިހަމަކޮށްފައިވެއެވެ.
މުދައްރިސުން މި ޓޫލް
ބޭނުންކުރާނެ ގޮތް / ކުރާނޭ ކަންކަން
ގޫގުލް ޑޮކްސް
ގޫގުލް ޑޮކްސް ބޭނުންކުރުމުގައި މުދައްރިސުން އެންމެ
ފުރަތަމަ ކުރަންޖެހޭ ކަމަކީ ދަރިވަރުން ލައްވާ ޖީ- މެއިލް އެކައުންޓެއް
ހުޅުވުމެވެ. އެއަށްފަހު ދަރިވަރުން ކޮންމެ މަސައްކަތެއް ނިމުމުން މުދައްރިސަށް
ޝެއަރކުރަން ހަނދާކޮށްދޭން ވާނެއެވެ. ބައެއް ފަހަރަށް ދަރިވަރުންކުރާ ހުރިހާ
މަސައްކަތްތަކެއް މުދައްރިސްގެ ގޫގުލް އެޕްގައި ބެހެއްޓުމަކީ އެހާ ފަސޭހަ ކަމަކަށް
ނުވާނެއެވެ. މިކަމަށް ހައްލު ގެނައުމުގެ ގޮތުން މުދައްރިސް ގޫގުލް ފޯމެއް
ކުރިއޭޓްކޮށް އެފޯމަށް ދަރިވަރުން މަސައްކަތް ކުރާ ޑޮކިއުމަންޓްގެ ލިންކް
ކޮޕީކުރެވިދާނެއެވެ. މީގެ ސަބަބުން ޑޮކިއުމަންޓްތައް މަދުކުރެވި ލިންކު
ބޭނުންކޮށްގެން ދަރިވަރުންގެ މަސައްކަތްތައް ބަލައިލެވޭނެއެވެ. މުދައްރިސް
ސަމާލުކަންދޭންޖެހޭ އެންމެ މުހިއްމު އެއް ކަމަކީ ދަރިވަރުން ކުރާ މަސައްތްތައް
ބަލައި ވަގުތުން ފީޑްބެކްދިނުމަށެވެ. މީގެ އިތުރުން މައިކްރޯސޮފްޓް ވޯޑްގައި
ކުރެވޭ ހުރިހާ މަސައްކަތްތަކެއް ވެސް ކުރެވޭނެކަން ދަރިވަރުންނަށް
ހަނދާންކޮށްދިނުން މުހިއްމެވެ.
ދަރިވަރުން މި ޓޫލް ބޭނުންކުރާނެ
ގޮތް / ކުރާނޭ ކަންކަން
ގޫގުލް ޑޮކްސް
ކޮންމެ
ދަރިވަރަކު ވެސް ގޫގުލް ޑޮކްސް ބޭނުންކުރުމަށް ޓަކައި ޖީ- މެއިލް އެކައުންޓް
ބޭނުންކުރަން ޖެހޭނެއެވެ. ގޫގުލް އެޕަށް ވަދެ ގޫގުލް ޑޮކްސް ހުޅުވުމަށްފަހު
ފަށާފައިވާ މަސައްކަތްތައް ފުރިހަމަކުރުމަކީ މުހިއްމު ކަމެކެވެ. ރަނގަޅު
ފީޑްބެކެއް ލިބޭނީ މަސައްކަތްތައް ފުރިހަމަކުރުމަށް ފަހު އަޕްލޯޑްކުރުމުންނެވެ.
މީގެ އިތުން ކުލާހުގެ އެހެން ކުދިންނަށް މަސައްކަތްތައް ޝެއަރކޮށް ޚިޔާލުހޯދުމަކީ
ވެސް ކުރަންޖެހޭނެ ކަމެކެވެ. އަބަދުވެސް މުދައްރިސް ދޭ އިރުޝާދާ އެއްގޮތަށް
މަސައްކަތްތައް ފުރިހަމަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. މިއީ
އޮންލައިންކޮށް ކުރާ މަސައްކަތްތަކަށް ވާތީ، ހުރިހާ މަސައްކަތްތައް ނިމުމުން
ލޮގްއައުޓްވާން ޖެހޭނެއެވެ.
3. ގޫގުލް މެޕްސްގެ ތަޢާރަފް
![Related image](https://cdn-5ba8eed3f911c80b30da1c22.closte.com/wp-content/uploads/2016/06/Google-Maps-Banner.jpg)
* މަޢުލޫމާތު ނެގި ލިންކްތައް:-
ފާހަގަކުރެވުނު ލިމިޓޭޝަންތައް / މެނޭޖުކުރި ގޮތް
ގޫގުލް މެޕްސް
މި ގަޑި ގެންދެވުނީ ގްރޭޑް 9 ގެ ދަރވަރުންނަށެވެ. އެކުދިން ލައްވާ ރިކައުންޓެއް ލިޔުމުގެ ކުރިން ބޭނުންވާ ބައެއް މަޢުލޫމާތު ހޯދުމުގެ ގޮތުން ދުނިޔޭގެ މަޝްހޫރު ބައެއް ތަންތަން ސާރޗްކުރުމުގެ ގޮތުން ގޫގުލް މެޕް ބޭނުންކުރެވުނެވެ. މެޕް ބޭނުންކުރުމުގައި އެންމެ ބޮޑަށް ދިމާވި ކަމަކީ މަޝްހޫރު ތަންތަނުގެ ނަންތައް ނޭނގުމާއި ޑައިރެކްޝަންތައް ބޭނުންކުރަން ނޭނގުމެވެ. ދަރިވަރުންނަށް މިކަންކަން ބުނެދިނީ ގޫގުލް ސާރޗްކުރުވައިގެންނެވެ. އަދި ބައެއް ޑައިރެކްޝަންތައް ބޭނުންކުރާ ގޮތް އަމަލީގޮތުން ދައްކާ، މަޝްހޫރު ތަންތަނާ ބެހޭ މަޢުލޫމާތުތައް ދަރިވަރުންނަށް ކިޔައިދެވުނެވެ. މިގޮތަށް މަޢުލޫމާތުތައް ދިނުމުން އުނދަގޫވި ދަރިވަރުންނަށް ޑައިރެކްޝަންތައް ބޭނުންކުރަން ފަސޭހަވިއެވެ.
މުދައްރިސުން މި ޓޫލް
ބޭނުންކުރާނެ ގޮތް / ކުރާނޭ ކަންކަން
ގޫގުލް މެޕްސް
ފުރަތަމަ
ކަމެއްގެ ގޮތުގައި މުދައްރިސް ސަމާލުކަންދޭން ޖެހޭނީ ގޫގުލް އެކައުންޓަށް ވަދެ،
ގޫގުލް އެޕް ތެރެއިން މެޕް ނަގާނެ ގޮތް ބުނެދިނުމަށެވެ. އޭގެ ފަހުން ދާންއުޅޭ
ތަނަކާ ބެހޭ މުހިއްމު އިރުޝާދުތައް ދަރިވަރުންނަށް ދޭންވާނެއެވެ. އަދި ދާން
ބޭނުންވާ ތަންތަން ޗާޓުން ފާހަގަކުރުވުމަކީ ވެސް މުހިއްމު ކަމެކެވެ. މީގެ އިތުރުން
ދަރިވަރުން ލައްވާ ދާން ބޭނުންވާ ލޮކޭޝަންތައް ވެސް ފާހަގަކުރެވިދާނެއެވެ.
އެއަށްފަހު ދާން އުޅޭ ތަންތަނުގެ ދުރުމިން ބަލާނެ ގޮތް ކިޔައިދޭންވާނެއެވެ.
އަދި ސާރޗްކުރަމުންދާއިރު މުހިއްމު
ތަންތަން ނޯޓްކުރުވުމަށް ވެސް ބާރުއަޅަންވާނެއެވެ.
ގޫގުލް
މެޕްސް ދަރިވަރުނަށް ދަސްކޮށްދިނުމުގެ ބޭނުމަކީ ޙަޤީޤީ ދިރިއުޅުމުގައި ދިމާވާ
ކަންކަމުން ހައްލު ހޯދާދިނުމަށެވެ. މިގޮތުން ދަތުރުފަތުރު ކުރާއިރު ފަސޭހައިން
ޤައުމުތަކަށް ދާނެ ގޮތާއި މުހިއްމު ތަންތަނަށް ދާނެ ގޮތް ބުނެދިނުމެވެ. މީގެ
އިތުރުން ތާރީޚީ އަދި ޖޯގްރަފީ ގޮތުން ގިނަ މަޢުލޫމާތުތަކެއް ލިއްބައިދިނުމަށެވެ.
މީގެ އިތުރުން ދަތުރުފަތުރު ކުރާއިރު މީސް މީހުންނަށް ދިމާވާ މައްސަލަތައް
ހައްލުކޮށްދީ އެހީތެރިވެދިނުމަށް ބާރުއެޅުން ވެސް ހިމެނެއެވެ.
ދަރިވަރުން މި ޓޫލް ބޭނުންކުރާނެ
ގޮތް / ކުރާނޭ ކަންކަން
ގޫގުލް މެޕްސް
ގޫގުލް މެޕް ބޭނުންކުރުމަށް ޓަކައި ދަރިވަރުން ވެސް އެންމެ
ފުރަތަމަ ޖީ- މެއިލް ހުޅުވަން ޖެހޭނެއެވެ. އަދި ލޮގިންވުމަށްފަހު ގޫގުލް އެޕްގެ
ތެރެއިން ގޫގުލް މެޕްސް ނަގާށެވެ. އެއަށްފަހު ދާން ބޭނުންވާ ލޮކޭޝަންތައް
ފާހަގަކުރާށެވެ. އަދި ދާންވީ ޑައިރެކްޝަންތައް ފާހަގަކުރުމަށްފަހު ކުރިއަށް
ދާށެވެ. މިގޮތަށް ކުރިއަށްދާއިރު ދަތުރުކުރާ އުޅަނދު ވެސް ސެލެކްޓް
ކުރެވިދާނެއެވެ. ދަރިވަރު ކަނޑައަޅާފައިވާ ތަނަށް ދަތުރުކުރަމުންދާއިރު ފެންނަ
މުހިއްމު ތަންތަން ފާހަގަކޮށް ނޯޓްކުރުމަކީ ވެސް މުހިއްމު ކަމެކެވެ. މިގޮތަށް
މުހިއްމު ތަންތަން ފާހަގަކުރުމުން އެންމެ އަވަހަށް އަދި ފަސޭހައިން ދެވޭނެ ގޮތް
ހޯދޭނެއެވެ.
ދަރިވަރުން
މި ޓޫލް ބޭނުންކުރަނީ ޑައިރެކްޝަން ދަސްކުރުމަށެވެ. އަދި ދަތުރުފަތުރު ކުރުމުގައި
ފަސޭހަ ގޮތްތައް ހޯދާ ދިމާވާ މައްސަލަތައް ހައްލުކުރުން ވެސް ހިމެނެއެވެ. މީގެ
އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުގެ ޖޯގްރަފީ މަޢުލޫމާތުތައް ހޯދުމާއި ޚާއްޞަ
ތަންތަނުގެ ތާރީޚާއި ސަޤާފަތުގެ މަޢުލޫމާތުތައް ވެސް ހޯދޭނެއެވެ. އަދި އެކި
ހިސާބުތަކުގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތްވެސް ދިރާސާކުރުމަށް ފުރުޞަތު
ލިބިގެންދާނެއެވެ.
4. ގޫގުލް ޑްރައިވްގެ ތަޢާރަފް
![Image result for google drive](https://i1.wp.com/agostini.tech/wp-content/uploads/2018/04/Google-Drive-logo.png?resize=300%2C300&ssl=1)
* މަޢުލޫމާތު ނެގި ލިންކްތައް:-
ފާހަގަކުރެވުނު ލިމިޓޭޝަންތައް /
މެނޭޖުކުރި ގޮތް
ގޫގުލް ޑްރައިވް ބޭނުންކުރުން
ގޫގުލް
ޑްރައިވްގައި މަސައްކަތް އަޕްލޯޑްކުރުމަކީ ފުރަތަމަ ފަހަރަށް ގެންދެވުނު
ކަމަކަށްވާތީ މިކަން ވެސް ބައެއް ދަރިވަރުންނަށް އުނދަގޫވިއެވެ. މިގޮތުން މި ގަޑި
ކުރިއަށް ގެންގޮސްފައިވަނީ ގްރޭޑް 10 ގެ ދަރިވަރުން ލިޔެފައިވާ ވާހަކައެއް
ޑްރައިވްގައި އަޕްލޯޑް ކުރުމަށްފަހު އެހެން ދަރިވަރުނަށް ޝެއަރކޮށް ވާހަކަ
ވަޒަންކުރުމުގެ ގޮތުންނެވެ. މި މަސައްކަތް އެންމެ އެދޭވޭ ގޮތުގައި ކުރިއަށް
ނުގެންދެވުނީ ނެޓް ސްލޮވުމުގެ ސަބަބުން އަޕްލޯޑް ނުކުރެވުމާއި ބައެއް ދަރިވަރުންގެ
ޓެބްގައި ގޫގުލް ސަރޗްކުރެވެން ނެތުމުގެ ސަބަބުންނެވެ. މިކަންކަން ހައްލުކުރުމަށް
ޓަކައި އެވަގުތު ނެޓްގެ ޚިދުމަތް ލިބިފައިވާ ދަރިވަރުންގެ އެކައުންޓްތައް
ބޭނުންކޮށްގެން އަޕްލޯޑްކުރުން ކުރިއަށް ގެނދެވުނެވެ. އަދި ކުލާހަށް އައިޓީ
ޓެކްނިޝަނެއް ގެނެސްގެން ގޫގުލް އެޕް އަޅައިދީގެން މަސައްކަތްކުރިއަށް
ގެންދެވުނެވެ.
މުދައްރިސުން މި ޓޫލް
ބޭނުންކުރާނެ ގޮތް / ކުރާނޭ ކަންކަން
ގޫގުލް ޑްރައިވް
ގޫގުލް ޑްރައިވް ބޭނުންކުރާއިރު މުދައްރިސުން
ސަމާލުކަންދޭންޖެހޭ އެއްކަމަކީ ދަރިވަރުންގެ ގޫގުލް އެކައުންޓް އެކްޓިވޭޓް
ކުރުމަށެވެ. މިގޮތުން ލޮގިންވުމަށްފަހު ގޫގުލް އެޕަށް ވަދެ ގޫގުލް ޑްރައިވް
ހުޅުވާލުމަށް އިރުޝާދުދޭންވާނެއެވެ. މީގެ އިތުރުން ދަރިވަރުން ސޭވްކުރާ
ފައިލްތަކަށް ނަން ދިނުމާއި ފައިލްތައް ސޭވްކުރަންވާނީ "މައި
ޑްރައިވް"ގައިކަން ހަނދާންކޮށްދޭންވާނެއެވެ. މީގެ އިތުރުން ފައިލްތައް
ސޭވްކޮށްފައި ބަހައްޓާއިރު ބޭކާރު އެއްޗެހި ޑިލީޓްކުރުމަށް އިރުޝާދުދޭންވާނެއެވެ.
ދަރިވަރުންނަށް
ގޫގުލް ޑްރައިވްގައި އެއްޗެހި ސޭވްކުރަން ދަސްކޮށްދިނުމުން އެކުދިންގެ
މަސައްކަތްތައް ފަސޭހައިން ބެލޭނެ އިންތިޒާމްތައް މުދައްރިސަށް
ފަހިވެގެންދާނެއެވެ. މީގެ އިތުރުން ދަރިވަރުންގެ މަސައްކަތްތައް ބަލައި އަވަހަށް
ފީޑްބެކް ދޭން ވެސް ފަސޭހަވާނެއެވެ. މީގެ އިތުރުން އެއް ދަރިވަރުން އަނެއް
ދަރިވަރަކާ ދެމެދު މަސައްކަތަށް ފާޑުކިޔައި ޚިޔާލުބަދަލުކުރުމުގެ ފުރުޞަތު ވެސް
ދެވޭނެއެވެ. އަދި ހަމަ އެހެންމެ ޕްރޮޖެކްޓް މަސައްކަތްތައް ހަވާލުކުރުމާއި
ދަރިވަރުންގެ ޕްރޮގްރެސް ނަތީޖާތައް ވަކިވަކިން ދަރިވަރުންނަށް ދޭން ވެސް
ފަސޭހަވާނެއެވެ.
ދަރިވަރުން މި ޓޫލް ބޭނުންކުރާނެ
ގޮތް / ކުރާނޭ ކަންކަން
ގޫގުލް ޑްރައިވް
ގޫގުލް ޑްރައިވަކީ ދަރިވަރުންނަށް ވަރަށް ފަސޭހައިން
ބޭނުންކޮށްލެވިދާނެ ޓޫލެކެވެ. މިގޮތުން ޖީ- މެއިލް އެކައުންޓުން ލޮގިންވުމަށްފަހު
ގޫގުލް އެޕަށް ވަދެ މައިޑްރައިވް ނަގާށެވެ. އެއަށްފަހު ސޭވްކުރަން ބޭނުންވާ ފައިލް
ނުވަތަ ފައިލްތައް ނެގުމަށްފަހު ޑްރައިވަށް ލާށެވެ. އޭރުން އޮޓޮމެޓިކުން
ފައިލްތައް ގޫގުލް ޑްރައިވްގެ "މައިޑްރައިވް" ފޯލްޑާގައި ސޭވްކުރެވިފައި
ހުންނާނެއެވެ. މިގޮތަށް ފައިލްތައް ސޭވްކުރަމުންދާއިރު ބޭނުންނުކުރާ ފައިލްތައް
ހުރިނަމަ ޑިލީޓްކުރުމަށް ސަމާލުކަންދޭންވާނެއެވެ. މިއީ 15 ޖީބީ ހިލޭ ލިބޭ ޓޫލަކަށް
ވަތީ ކިޔެވުމާ ގުޅޭ ވަރަށް ގިނަ ޑޮކިއުމަންޓްތައް ރައްކާކުރެވޭނެއެވެ. މީގެ
އިތުރުން މައި ޑްރައިވްގައި ހުންނަ ފައިލްތައް އެހެން ދަރިވަރުންނަށް
ޝެއަރކުރެވޭނެއެވެ.
ގޫގުލް
ޑްރައިވަރަކީ ދަރިވަރުންގެ މަސައްކަތްތައް ސޭވްކޮށް ޝެއަރކުރުމަށް ބޭނުންކުރާ
ވަރަށް މުހިއްމު ޑްރައިވެކެވެ. މިގޮތުން ދަރިވަރުން ކުރާ މަސައްކަތްތައް
ރައްކާތެރިކަމާއެކު ސޭވެކުރެވޭނެއެވެ. އަދި އެހެން ދަރިވަރުންނަށް ފިލާވަޅާ ގުޅޭ
ނޯޓްސް ޝެއަރކުރުމާއި އަމިއްލަ މަސައްކަތްތައް ޝެއަރކުރުން ހިމެނެއެވެ. މި
ޑްރައިވުން ދަރިވަރުނަށް ބޭނުން ލިބޭ އެންމެ މުހިއްމު އެއް ފައިދާއަކީ ކުރާ
މަސައްކަތްތައް މުދައްރިސަށް ބެލެންހުރުމެވެ. އަދި ވަގުތުން ފީޑްބެކް ލިބުމާއި
ކޮންމެ ވަގުތެއްގައި މަސައްކަތްތައް ބަލައިލެވެން ހުރުމެވެ.
5. ގޫގުލް ޝީޓް
* މަޢުލޫމާތު ނެގި ލިންކްތައް:-
ފާހަގަކުރެވުނު ލިމިޓޭޝަންތައް /
މެނޭޖުކުރި ގޮތް
ގޫގުލް ޝީޓް ބޭނުންކުރުން
ގޫގުލް ޝީޓް ބޭނުންކުރެވުނީ
ގްރޭޑް 10 ގެ ދަރިވަރުންނަށް ޙަވާލުކޮށްފައިވާ މަޒުމޫނެއް ލިޔުމަށް ޓަކައި
ބޭނުންވާ ތަފާސް ހިސާބުތަކެއް އެންޓަރ ކުރުމުގެ ގޮތުން ގްރާފްތަކެއް ހެދުމަށެވެ.
މި މަސައްކަތް ކުރަމުންދިޔައިރު ޑާޓާތައް އެންޓަރކުރަން އުނދަގޫވިއެވެ. މި މައްސަލަދިމާވީ
މުދައްރިސް ކޮންޓްރޯލްކޮށްފައިވާ އައިޓަމްތަކުގެ އެކްސެސްދީފައި ނެތުމުންނެވެ.
އެހެންވެ މައްސަލަ ހައްލުކުރީ ހުރިހާ ދަރިވަރުންނަށް މަސައްކަތްތައް
ފުރިހަމަކުރެވޭ ވަރަށް އެކްސެސްދީގެންނެވެ.
މުދައްރިސުން މި ޓޫލް
ބޭނުންކުރާނެ ގޮތް / ކުރާނޭ ކަންކަން
ގޫގުލް ޝީޓް
ގޫގުލް
ޝީޓް ބޭނުންކުރުމަށް ޓަކައި މުދައްރިސުން ފުރަތަމަ ކުރަންވީ ކަމަކީ ދަރިވަރުންގެ
ޖީ- މެއިލް އެކައުންޓް ލޮގިންކުރުވުމެވެ. އެއަށްފަހު ގޫގުލް އެޕް ހުޅުވުމަށްފަހު
ގޫގުލް ޑޮކްސް "އޯޕަން"ކޮށްލަން އިރުޝާދުދޭށެވެ. ދެން ގޫގުލް ޑޮކްސް
ހުޅުވުމުން "މެއިން މެނޫ"އަށް ގޮސް ގޫގުލް ޝީޓް ނަގާނީއެވެ. އޭގެ
ފަހުގައި ދަރިވަރުންނަށް ދީފައިވާ މަސައްކަތްތައް ފުރިހަމަކުރުވިދާނެއެވެ. ދަރިވަރުން
ލައްވާ މަސައްކަތްތައް ކުރުވުމުގެ ކުރިން ގޫގުލް ޝީޓްގައި މަސައްކަތްކުރާނެ ގޮތުގެ
ކުޑަ ގައިޑެއް ނުވަތަ އިރުޝާދުދިނުން މުހިއްމެވެ. މިގޮތުން ކްރިއޭޓްކރުމާއި
އެޑިޓްކުރުމާއި ފޯމެޓްކުރުމާއި ޕްރޮޓެކްޓްކުރުމާއި ހައިޑްކުރުމާއި ޗާޓްހެދުމާއި
ޑާޓާ ނެގުމާއި ޕޭޖް ސެޓަޕްހެދުމާއި ވިއުކުރުމާއި ޕްރިންޓްކުރުން ފަދަ
މަސައްކަތްތައް ކުރާނެގޮތް ކިޔައިދެވިދާނެއެވެ. އޭގެ ފަހުން މަސައްކަތް
ޝެއަރކުރުމާއި ލިންކްކުރުން ވެސް ދަރިވަރުން ލައްވާ ކުރިއަށް ގެންދެވިދާނެއެވެ.
ގޫގުލް
ޝީޓް ބޭނުންކޮށްގެން ދަރިވަރުންގެ އުނގެނޭ މިންވަރާއި ބައެއް ހުނަރުތައް
ކުރިއަށްދާ ގޮތް ބެލިދާނެއެވެ. މިގޮތުން ކުދިކުދި ދިރާސާތަކަށް މަޢުލޫމާތު
ނަގާގޮތާއި ގްރާފް، ޗާޓް ބޭނުންކޮށްގެން މަޢުލޫމާތުތައް ދެނެގަންނަ ގޮތް
ބެލޭނެއެވެ. މީގެ ތެރޭގައި ދަރިވަރުން ލައްވާ ޕްރޮޖެޓް މަސައްކަތްކުރުމާއި
ދަރިވަރުންގެ މަސައްކަތްތައް އެސެސްކުރުމުގެ ގޮތުން ގޫގުލް ޝީޓް ބޭނުންކުރުމަށް
އިރުޝާދު ދެވިދާނެއެވެ. ޚާއްޞަ ގޮތެއްގައި ހިސާބު ޢިލްމާ ގުޅޭ ގިނަ
މަސައްކަތްތަކެއް ގޫގުލް ޝީޓް މެދުވެރިކޮށް ދަރިވަރުން ލައްވާކުރުވުން މުހިއްމެވެ.
މިގޮތުން ބިޒްނަސް މާއްދާގެ މަސައްކަތްތަކާއި އެކައުންޓް މާއްދާގެ ތަފާތު
މަސައްކަތްތައް ދަރިވަރުން ޝައުޤުވެރިވާ ގޮތަށް ކޯޕަރޭޓިވްކޮށް
ގެންދެވިދާނެއެވެ.
ދަރިވަރުން މި ޓޫލް ބޭނުންކުރާނެ
ގޮތް / ކުރާނޭ ކަންކަން
ގޫގުލް ޝީޓް
ގޫގުލް ޝީޓް ބޭނުންކުރުމަށް ޓަކައި ކޮންމެ ދަރިވަރަކު ވެސް
ޖީ- މެއިލް އެކައުންޓް ހުޅުވާލުމަށްފަހު ގޫގުލް އެޕަށް ކްލިކްކޮށްލާށެވެ.
އެއަށްފަހު ގޫގުލް ޑޮކްސް "އޯޕަން"ކޮށް އޭގެ ތެރެއިން ގޫގުލް ޝީޓް
ހުޅުވާށެވެ. ދެން ގޫގުލް ޝީޓްގެ "ނިއު" ފައިލް ހުޅުވުމަށްފަހު ބޭނުންވާ
ޑާޓާތައް އެންޓަރކުރަމުން ގެންދާށެވެ. އޭގެ ފަހުން ޑާޓާތަކާ ގުޅޭ ކަލްކިއުލޭޝަން
ހަދަން ބޭނުންވާ ޓޫލްތައް ނަގައިގެން މަސައްކަތް ކުރިއަށް ގެންދާށެވެ. ޗާޓް ނުވަތަ
ގްރާފް ހަދާނަމަ އިންސާޓަށް ދިއުމަށްފަހު ބޭނުންވާ ޗާޓެއް ނަގާށެވެ. މިގޮތުން
ދަރިވަރުން ކުރަން ބޭނުންވާ މަސައްކަތަކާ ގުޅުވައިގެން ޓޫލް ބާއަށް ގޮސް ޓޫލް
ސެލެކެޓްކުރާށެވެ. އޭގެތެރޭގައި ފައިލް، އެޑިޓް، ވިއު، އިންސާޓް ފޯމެޓް، ޑާޓާ،
ޓޫލްސް، އެޑް-އޮން، ފޮންޓް، ބޯލްޑް، ފޮންޓް ސައިޒް ފަދަ ބައިތައް ބޭނުންކޮށްގެން
މަސައްކަތްތައް ފުރިހަމަކުރެވިދާނެއެވެ. ދެން މަސައްކަތް ނިމުމުން ޝެއަރކުރުމާއި
ޑައުންލޯޑްކުރުމާއި ފޯލްޑާއަށް މޫވްކުރުން ފަދަ ކަންކަން ކުރިއަށް
ގެންދެވިދާނެއެވެ. ގޫގުލް ޝީޓްގެ މަސައްކަތަކީ ވެސް އޮންލައިންކޮށް ކުރެވޭ
މަސައްކަތެކެވެ.
ގޫގުލް ޝީޓުން ދަރިވަރުންނަށް ކުރެވޭ އެންމެ
މުހިއްމު އެއް ބޭނުމަކީ ހިސާބު ޢިލްމާ ބެހޭ މަސައްކަތްތައް ކުރުމެވެ. މިގޮތުން
ތަފާތު ފޯމިއުލާ ބޭނުންކޮށްގެން ފޯމްތައް ހެދުމާއި އެކައުންޓް ތަފާތު ޓޭބަލްތައް
އުފެއްދިދާނެއެވެ. މީގެ އިތުރުން ދަރިވަރުން ހަދާ ޕްރޮޖެކްޓަތަކަށް ބޭނުންވާ
މަޢުލޫމާތުތަކާ ގުޅޭ ގްރާފް ޗާޓް ހެދުންފަދަ މަސައްކަތައް ކުރިއަށް
ގެނދެވިދާނެއެވެ. މީގެ އިތުރުން ދުވަހުގެ ހިސާބުތަކާއި މަސްދުވަހުގެ ހިސާބުތައް
ބެލެހެއްޓުމުގެ ގޮތުން ގޫގުލް ޝީޓް ބޭނުންކުރެވިދާނެއެވެ.
6. ޔޫޓިއުބްގެ ތަޢާރަފް
![Image result for youtube](https://cdn.earlytorise.com/wp-content/uploads/2017/06/youtube-logo-full-color.png)
* މަޢުލޫމާތު ނެގި ލިންކްތައް:-
ފާހަގަކުރެވުނު ލިމިޓޭޝަންތައް / މެނޭޖުކުރި
ގޮތް
ޔޫޓިއުބް ބޭނުންކުރުން
ގްރޭޑް
9 ގެ ދަރިވަރުން ލައްވާ ޚުލާޞާއެއް ލިޔުއްވުމުގެ ގޮތުން ޔޫޓިއުބް މެދުވެރިކޮށް
ވީޑިއޯއެއް ދެއްކުމަށްފަހު ޚުލާޞާގެ މަސައްކަތްތައް ކުރިއަށް ގެންދެވުނެވެ. މި
މަސައްކަތްކުރަމުން ދިޔައިރު ބައެއް ދަރިވަރުން ޔޫޓިއުބުން ޑައުންލޯޑްކޮށްފައިވަނީ
މަސައްކަތަށް ބޭނުންނުވާ ވީޑިއޯއެވެ. މީގެ ސަބަބުން ޚުލާޞާ ނުކުރެވި މަސައްކަތް ލަސްވިއެވެ.
މިކަން ހައްލުކުރުމަށް ޓަކައި ވަކިވަކި ދަރިވަރުން ލައްވާ ސަރޗްކުރުމުގެ
ބަދަލުގައި ފަހުން ގްރޫޕްކޮށްގެން ވީޑިއޯ ބެލުމަށްފަހު ޚުލާސާ ލިޔުމުގެ މަސައްކަތް
ކުރިއަށް ގެންދެވުނެވެ.
މުދައްރިސުން މި ޓޫލް
ބޭނުންކުރާނެ ގޮތް / ކުރާނޭ ކަންކަން
ޔޫޓިއުބް
ޔޫޓިއުބްގެ
ވީޑިއޯތަކަކީ މުދައްރިސުން ޢާއްމު ގޮތެއްގައި ކުލާސްތަކުގައި ގެންދާ ޙަރަކާތެކެވެ.
މިގޮތުން ވީޑިއޯތައް ދައްކާއިރު މުދައްރިސުން އެންމެ ބޮޑު ސަމާލުކަމެއް ދޭންވާނީ
ދަރިވަރުންނާ ގުޅޭ އެކުދިންނަށް ފަސޭހައިން ދެނެގަނެވޭ ވީޑިއޯތައް ދެއްކުމަށެވެ.
މިގޮތުން ފިލާވަޅާ ގުޅޭ މައިގަނޑު އެކްޓިވީޓީތަކަށް ހުރަސް ނޭޅޭ ގޮތަށް ވީޑިއޯތައް
ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. މީގެ އިތުރުން ކިޔެވުމާ ގުޅޭ ވީޑިއޯތައް
ދަރިވަރުން އަމިއްލައަށް ބޭނުންކުރުމަށް ފުރުޞަތުދޭއިރު، މުހިއްމު އިރުޝާދުތައް
ދޭންވާނެއެވެ. މިގޮތުން ކިޔެވުމާ ނުގުޅޭ ވީޑިއޯތައް ބެލުމާއި މާއްދާއާ ގުޅުން ނެތް
ވީޑިއޯތައް ނުބެލުމަށް އިރުޝާދުދޭންވާނެއެވެ. މީގެ އިތުރުން މުހިއްމު ވީޑިއޯތަކުގެ
ލިންކްތައް ސޭވްކުރުމަށާއި އެހެން ދަރިވަރުންނަށް ޝެއަރކުރުމަށް ހަނދާކޮށްދޭންވާނެއެވެ.
މީގެ އިތުރުން ކިޔެވުމާ ގުޅުން ނެތް ވީޑިއީތަކާއި ގޭމްތައް ޑައުންލޯޑް ނުކުރެވޭ
ގޮތަށް ކޮންޓްރޯލްކުރުމަކީ މުދައްރިސުން ސަމާލުކަންދޭންޖެހޭނެ ކަމެކެވެ.
ޔޫޓިއުބްގެ
ވީޑިއޯތަކަކީ ދަރިވަރުންނަށް މުހިއްމު ވަޞީލަތްތަކަށްވާއިރު، ދަރިވަރުންގެ
އުނގެނުމާ ގުޅޭ މުހިއްމު ޙަރަކާތްތަކެއް ޔޫޓިއުބް މެދުވެރިކޮށް ގެންދެވިދާނެއެވެ.
މިގޮތުން މާއްދާއާ ގުޅޭ އިތުރު މަޢުލޫމާތު ދިނުމަށް ވީޑިއޯ ބޭނުންކުރެވިދާނެއެވެ.
މީގެ އިތުރުން ބައެއް ކަހަލަ ޕްރޮޖެކްޓް މަސައްކަތް ކުރާނެ ގޮތް ކިޔައިދިނުމަށް
ވެސް ބޭނުންކުރެވިދާނެއެވެ. އަދި ތަފާތު ވައްތަރުގެ ލިޔުންތަކުގެ މެއިން
ކޮންސެޕްޓް އުފެއްދުމަށާއި ރިޕޯޓް ލިޔުންފަދަ މަސައްކަތަށް ވީޑިއޯ ދެއްކުން
މުހިއްމެވެ.
ދަރިވަރުން މި ޓޫލް ބޭނުންކުރާނެ
ގޮތް / ކުރާނޭ ކަންކަން
ޔޫޓިއުބް
ދަރިވަރުން ޔޫޓިއުބް ބޭނުންކުރާއިރު ސަމާލުކަންދޭންވީ
ކިޔެވުމާ ގުޅޭ މުހިއްމު ވީޑިއޯތައް ބެލުމަށެވެ. މިގޮތުން ޔޫޓިއުބްގައި އެކި
ދާއިރާތަކުން އެތައް ހާސް ވީޑިއޯތަކެއް ލިބެން ހުންނާނެއެވެ. ކްލާހުގައި ވީޑިއޯ
ބަލާއިރު ދީފައި އޮންނަ ވަގުތައް ފައްތައިގެން ވީޑިއޯ ބެލުމަށް ސަމާލުވާންޖެހޭނެއެވެ.
އަދި ދަރިވަރުންގެ ކިޔެވުމާ ގުޅޭ މުހިއްމު ވީޑިއޯއެއްނަމަ ލިންކް ސޭވްކުރުމާއި
ވީޑިއޯ ސޭވްކުރުމަކީ މުހިއްމު ކަމެކެވެ. ޔޫޓިއުބްގެ ވީޑިއޯތައް ޑައުން
ލޯޑްކުރާނަމަ ބޭނުންކުރާ ސިސްޓަމަށް ވީޑިއޯ ޑަންލޯޑްކުރާ އެޕެއް އަޅަންވާނެއެވެ.
މީގެ އިތުރުން ކްލާހުގެ އެހެން ކުދިންނަށް ވީޑިއޯތައް ޝެއަރކުރުމަކީ ވެސް
ކުރެވިދާނެ ކަމެކެވެ.
ދަރިވަރުންގެ
ކިޔެވުމުގައި ޔޫޓިއުބް ވީޑިއޯތައް ބޭނުންކުރާނަމަ އެކްޓިވް ލާރނިންގއަށް
މަގުފަހިވާނެއެވެ. މިގޮތުން ފިލާވަޅު ދަސްކުރުމަށާއި ޓެސްޓަށް ދަސްކުރުމަށް ޓަކައި
ވީޑިއޯ ބޭނުންކުރެވިދާނެއެވެ. އޭގެ ތެރޭގައި ޓެސްޓާ ގުޅޭ މުހިއްމު ނޯޓްސް
ދަސްކުރުމަށާއި އެކްސްޕެރިމަންޓްތަކާ ގުޅޭ ވީޑިއޯތައް ބެލުމަށާއި ކޮމްޕެނީތަކުގެ
މަސައްކަތްތައް ބެލުމާއި ފިލާވަޅާ ގުޅުން ހުންނަ ބައެއް ޕްރޮޑަކްތައް އުފައްދާ
ގޮތް ބެލުމަށް ބޭނުންކުރެވިދާނެއެވެ.
7. ގޫގުލް ޑްއޯގެ ތަޢާރަފް
![Related image](https://tr1.cbsistatic.com/hub/i/2016/08/16/580f919a-38e1-4da7-9583-55aacdcbfd59/duohero.jpg)
* މަޢުލޫމާތު ނެގި ލިންކްތައް:-
ފާހަގަކުރެވުނު ލިމިޓޭޝަންތައް /
މެނޭޖުކުރި ގޮތް
ގޫގުލް ޑްއޯ ބޭނުންކުރުން
ގޫގުލް
ޑްއޯގެ ގަޑި ކުރިއަށް ގެންދެވުނީ އަޅުގަނޑު ކިޔަވައިދޭ 10 ގެ ދަރިވަރުންނާއި އެހެން ރަށެއްގެ ސްކޫލުގެ
ގްރޭޑް 10 ގެ ދަރިވަރުންނަށެވެ. މިގޮތުން މިގަޑި ކުރިއަށް ގެންދެވުނީ އެސް.އެސް.ސީ
އިމްތިހާނުގެ ދިވެހި މާއްދާއަށް ފަރިތަކުރުމުގެ ގޮތުންނެވެ. މިގަޑީގައި
ފިލާވަޅުތައް ހެދުމުގައި ދިމާވާ މައްސަލަތަކާމެދު ބަހުސްކުރުމާއި ބައެއް
ސުވާލުތަކަށް ޑިސްކަސްކުރުމުގެ ގޮތުން ވީޑިއޯ ކޮންފަރެންސެއް ކުރިއަށް
ގެންދެވުނެވެ. އެހެންނަމަވެސް މިގަޑީގައި ވެސް ބައެއް މައްސަލަތައް
ކުރިމަތިވިއެވެ. މިގޮތުން ދިމާވި ކަމަކީ ދޭތެރެއަކުން ވީޑިއޯ ކެނޑުމެވެ. މީގެ
އިތުރުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓް ކެނޑުމުން ވެސް ކޮންފަރެންސް
މެދުކެނޑުނެވެ. މިކަންކަން ހައްލުކުރުމަށް ޓަކައި ކުރި އެއްކަމަކީ ނެޓްގެ ސްޕިޑް
ރަނގަޅުކުރުމުގެ ގޮތުން އަމިއްލަ ފޯނުން ހޮޓްސޮޕްޓް ދޫކޮށްގެން ކޮންފަރެންސް
ކުރިއަށް ގެންދިޔުމެވެ. އަދި ކަރަންޓް ކެނޑުމުން ވީޑިއޯގައި ދެކެވުނު ވާހަކަތަކުގެ
ޚުލާޞައެއް ކިޔައިދީ ކަރަންޓް އައުމުން އަނެއްކާވެސް ކޮންފަރެންސް ކުރިއަށް
ގެންދިޔައީއެވެ.
މުދައްރިސުން މި ޓޫލް
ބޭނުންކުރާނެ ގޮތް / ކުރާނޭ ކަންކަން
ގޫގުލް ޑްއޯ
ގޫގުލް ޑްއޯއަކީ ކިޔަވައިދިނުމާ ގުޅޭ ވަރަށް ގިނަ
ޙަރަކާތްތަކެއްގައި ބޭނުންކުރެވޭ ވަރަށް އިފެކްޓިވް ޓޫލެކެވެ. މި ޓޫލް
ބޭނުންކުރާއިރު ދަރިވަރުންގެ ޖީ- މެއިލް ލޮގްއޮން ކުރުމަށްފަހު ގޫލް އެޕްގެ
ތެރެއިން މޯ އެޕަށް ދިއުމަށްފަހު ގޫގުލް ޑްއޯ ނަގަން އިރުޝާދު ދޭށެވެ. ގޫގުލް ޑްއޯ
ރަންކުރެވޭނީ ކޮންމެ ދަރިވަރެއްގެ އަމިއްލަ ފޯން ނަމްބަރ ބޭނުންކޮށްގެންނެވެ.
މިގޮތުން ގޫގުލް ޑްއޯއަށް ވަދެ ނިއު އެކައުންޓް ހުޅުވުމަށްފަހު ފޯންނަމްބަރު
ޖެހުމަށް އިރުޝާދު ދޭށެވެ. އަދި ދަރިވަރުގެ ފޯނަށް އަންނަ ޕާސްކޯޑް ޖެހުމުން
ލޮގިންވެވޭނެއެވެ. ދެ ސްކޫލެއްގެ ދަރިވަރުންނަށް ވީޑިއޯ ކުލާހެއް ނަގާނަމަ
މުދައްރިސްގެ އެކައުންޓް ބޭނުންކޮށްގެން ކުރިއަށް ގެންދެވިދާނެއެވެ. އަދި ވީޑިއޯ
ކޮންފަރެންސަށް ތައްޔަރުވުމުގެ ގޮތުން ކުރަންޖޭ ކަންކަންވެސް ކުރުމަށް އިރުޝާދު
ދޭންވާނެއެވެ. މީގެ އިތުރުން ކުލާހުގެ ޓީވީ ކަނެކްޓްކޮށް ކޮންފަރެންސް ކުރިއަށް
ގެންދެވިދާނެއެވެ. މިގޮތަށް ކުރިއަށް ގެންދާއިރު ފިލާވަޅާ ގުޅޭ ގޮތުން
ސުވާލުކުރުމަށާއި ބޭނުންވާ ވާހަކަ ދޭހަވާ ގޮތަށް ކުރުކޮށް ކިޔައިދިނުމަށް އިރުޝާދު
ދޭންވާނެއެވެ.
ގޫގުލް
ޑްއޯއަކީ އެހެން ސްކޫލެއްގެ ދަރިވަރުންނާއެކު ނުވަތަ ދުރުގައި ތިބޭ
ފެސިލިޓޭޓަރުންނާއެކު ފައިދާހުރި ގަޑިތަކެއް ނެގުމަށް ބޭނުންކުރެވިދާނެ މޮޅު
ޓޫލެކެވެ. މިގޮތުން މުދައްރިސް ކިޔަވައިދޭ ފިލާވަޅާ ގުޅޭ އިތުރު މަޢުލޫމާތު
ދިނުމަށާއި ގިނަ ދަރިވަރުންނާއެކު ޑިސްކަޝަން ބޭއްވުމުގެ ގޮތުން ވެސް ވީޑިއޯ ކޮންފަރެންސް
ބޭއްވުން މުހިއްމެވެ. މީގެ އިތުރުން ދަރިވަރުން ގްރޫޕް ސްޓަޑީ ހެދުމަށް ވެސް
ގޫގުލް ޑްއޯ ބޭނުންކުރެވިދާނެއެވެ. އަދި ދަރިވަރުންނަށް ފީޑްބެކްދިނުމަށާއި
އެސެސްކުރުމަށް ވެސް މި ޓޫލް ބޭނުންކުރެވިދާނެއެވެ.
ދަރިވަރުން މި ޓޫލް ބޭނުންކުރާނެ
ގޮތް / ކުރާނޭ ކަންކަން
ގޫގުލް ޑްއޯ
މި ޓޫލް ބޭނުންކުރާއިރު ދަރިވަރުންގެ ޖީ- މެއިލް ލޮގްއޮން
ކުރުމަށްފަހު ގޫލް އެޕްގެ ތެރެއިން މޯ އެޕަށް ދިއުމަށްފަހު ގޫގުލް ޑްއޯ ނަގާށެވެ.
ގޫގުލް ޑްއޯ ރަންކުރެވޭނީ ކޮންމެ ދަރިވަރެއްގެ އަމިއްލަ ފޯން ނަމްބަރ
ބޭނުންކޮށްގެންނެވެ. މިގޮތުން ގޫގުލް ޑްއޯއަށް ވަދެ ނިއު އެކައުންޓް
ހުޅުވުމަށްފަހު ފޯންނަމްބަރު ޖަހަންވާނެއެވެ. އޭގެ ފަހުން ފޯނަށް އަންނަ ޕާސްޑް
ޖެހުމުން ލޮގިންވެވުނީއެވެ. ވީޑިއޯ ކޮންފަރެންސް ހަދާއިރު ކިޔެވުމާ ގުޅުންހުރި
ވާހަކަތައް ދެއްކުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި ބައިވެރިވާ ހުރިހާ
ދަރިވަރުން އެއް ވަގުތެއްގައި ފެށުމަށް އިސްކަންދޭންވާނެއެވެ. މީގެ އިތުން
ފިލާވަޅާ ގުޅޭ ގޮތުން ދައްކާނެ ވާހަކަތައް ނުވަތަ މައިގަނޑު ކަންކަން ކުރިން
ނޯޓްކޮށްގެން އައުމަކީ ވެސް ކޮންފަރެންސަށް ފައިދާކުރާނެ ކަމެކެވެ. ގޫގުލް ޑްއޯ
ބޭނުންކުރާއިރު ވޮއިސް ކޯލް، ވީޑިއޯ އަދި އޯޑިއޯ ރެކޯޑްކުރުމާއި މެސެޖްކުރުން ވެސް
ކުރިއަށް ގެންދެވިދާނެއެވެ.
ދަރިވަރުންގެ
އަމިއްލަ ކިޔެވުމުގައި ގޫގުލް ޑްއޯ މުހިއްމު ދައުރެއް އަދާކުރެއެވެ. މިގޮތުން
އެކުއްޖެއްގެ ގޭގައި ތިބެގެން ވެސް ގްރޫޕް ސްޓަޑީ ކުރުމާއި ޑިސްކަސްކުރުންފަދަ
ޙަރަކާތްތައް ގެންދެވޭނެއެވެ. އަދި ޓެސްޓަށް ދަސްކުރުމުގެ ގޮތުން މުދައްރިސާއި
ދަރިވަރުންނާއެކު މަޝްވަރާކުރެވިދާނެއެވެ.
8. ކަހޫޓްގެ ތަޢާރަފް
![Related image](https://www.teq.com/wp-content/uploads/2016/10/Kahoot0.png)
* މަޢުލޫމާތު ނެގި ލިންކްތައް:-
ފާހަގަކުރެވުނު ލިމިޓޭޝަންތައް /
މެނޭޖުކުރި ގޮތް
ކަހޫޓް ބޭނުންކުރުން
ކަހޫޓްގެ
މަސައްކަތް ކުރިއަށް ގެންދެވުނީ ގްރޭޑް 10 ގެ ދަރިވަރުންނަށް އަދަބިއްޔާތުގެ
ފިލާވަޅުތައް ފަރިތަކުރުމުގެ ގޮތުންނެވެ. މިގޮތުން ކޮންމެ ދަރިވަރަކު ވެސް
ކުއިޒްގެ ޗޮއިސް ސުވާލުތަކެއް ހެދުމަށްފަހު އެހެން ކުދިންނާ ޝެއަރކުރުމަށްފަހު
ޖަވާބުތައް ފުރިހަމަކުރަމުން ގެންދިޔައެވެ. މި މަސައްކަތް ވެގެންދިޔައީ ދަރިވަރުން
ވަރަށް ޝައުޤުވެރިވި މަސައްކަތަކަށެވެ. އެހެންނަމަވެސް ބައެއް ދަރިވަރުންގެ މެއިލް
އައިޑީތައް ނުބައިކޮށް ލިޔުމުން ކްއިޒް އަޕްލޮޑްކުރެވޭ ގޮތެއް ނުވިއެވެ. މިކަން
ހައްލުކރުމަށް ޓަކައި އެޅި ފިޔަވަޅަކީ މައްސަލަދިމާވި ދަރިވަރުންގެ މެއިލް
އައިޑީތައް އަލުން ޗެކްކުރުމަށްފަހު އަޕްލޯޑްކުރުވުމެވެ. މީގެ ސަބަބުން މައްސަލަ
ހައްލުވެގެންދިޔައެވެ.
މުދައްރިސުން މި ޓޫލް
ބޭނުންކުރާނެ ގޮތް / ކުރާނޭ ކަންކަން
ކަހޫޓް
މި ޓޫލް ބޭނުންކުރުމަށް ޓަކައި މުދައްރިސުން ކުރަންޖެހޭ
ކަމަކީ ޖީ- މެއިލް އެކައުންޓެއް ބޭނުންކޮށްގެން ލޮގިންވުމެވެ. އެއަށްފަހު ކަހޫޓް
އެކައުންޓެއް ހުޅުވުމެވެ. ދޭން ބޭނުންވާ ސުވާލު އަދި ސުވާލުގެ ޖަވާބުތައް
އެންޓަރކުރަމުން ގެންދަންވީއެވެ. ލިޔާ ޖަވާބުތަކުގެ ތެރެއިން ރަނގަޅު ޖަވާބު
މާކްކުރުމަށް ސަމާލުކަން ދޭންވާނެއެވެ. ދެން ކޮންމެ ޖަވާބެއް ދިނުމަށް ހޭދަކުރެވޭ
ވަގުތު މާކްކުރަންވާނެއެވެ. ކަހޫޓްގައި ތިން ވައްތަރެއްގެ ސުވާލުތަކެއް
އުފެއްދިދާނެއެވެ. އެއީ ކްއިޒް، ސާރވޭ އަދި ޖަންބަލް ސުވާލެވެ. މިގޮތަށް
ސުވާލުތައް ލިޔެ ކްއިޒް އެއްކޮށް ނިމުމުން ސޭވްކުރަންވާނެއެވެ. ދޭން ގޭމް ކުޅުމަށް
ޓަކައި ކަހޫޓް ޑޮޓް ސައިޓަށް ވަނުމަށްފަހު "އެންޓަރ ގޭމް ޕިން" އަށް
ކުލިކްކޮށްލާށެވެ. އޭގެ ފަހުން ލިބޭ ޕާސް ކޯޑް ޖަހާށެވެ. ދޭން ގޭމް ހުޅުވުމަށްފަހު
އިންޑިވިޖުއަލްކޮށް ނުވަތަ ގްރޫޕްކޮށް ކުޅުމަށް ޓިކްކުރަންވާނެއެވެ. ދަރިވަރުން
ލައްވާ ގްރޫޕްކޮށް ކުޅުވާނަމަ ކުރިން ލިބުނު ޕާސް ކޯޑް ހުރިހާ ކުދިންނަށް
ދިނުމަށްފަހު ގޭމަށް ލޮގިންވުމަށް އިރުޝާދު ދޭންވަނެއެވެ. އަދި ކޮންމެ ދަރިވަރަކު
ވެސް ވަކި ނަމެއް ޓައިޕްކުރުމަށް އިރުޝާދު ދޭންވާނެއެވެ. ހުރިހާ ކުދިން
ތައްޔާރުވުމުން، މުދައްރިސް ފަހަރަކު ސުވާލެއް ސްކްރީންނުން ދައްކުމުން
ޖަވާބުދޭންވީއެވެ. މާކްސް ލިބޭނީ އެންމެ އަވަހަށް ޖަވާބުދޭ ކުދިންގެ ތެރެއިން
ރަނގަޅު ޖަވާބުދޭ ދަރިވަރަށެވެ. ކަހޫޓަކީ ކްއިޒް ޓައިޕްގެ ޓޫލަކަށް ވާތީ
ދަރިވަރުން ޝައުޤުވެރިވާ ގޮތަށް މި ޓޫލް ގެންދެވިދާނެއެވެ. ކަހޫޓަކީ ދަރިވަރުން
އެސެސްކުރުމަށާއި ސާރވޭ ހެދުމަށް އަދި ގްރޫޕް މަސައްކަތްތައް ކުރުމުގެ ގޮތުން
ގެންދެވިދާނެ ވަރަށް ބޭނުންތެރި ޓޫލެކެވެ.
ދަރިވަރުން މި ޓޫލް ބޭނުންކުރާނެ
ގޮތް / ކުރާނޭ ކަންކަން
ކަހޫޓް
ދަރިވަރުންނަށް
ކަހޫޓް ބޭނުންކުރެވޭނީ އަމިއްލަ ޖީ- މެއިލް އެކައުންޓެއް ބޭނުންކޮށްގެންނެވެ. ކަހޫޓް
ޑޮޓް ކޮމް އަށް ވަނުމަށްފަހު ރަޖިސްޓްރީ ވުމަށް ޓަކައި ޖީ- މެއިލް އެކައުޏްޓް
ބޭނުންކުރަންޖެހޭނެއެވެ. އޭގެ ފަހުން ލިބޭ ޕާސްކޯޑް ބޭނުންކޮށްގެން ކަހޫޓަށް
ވަންނާށެވެ. ދެން ބޭނުންވާ ސުވާލުތައް ލިޔެ ޖަވާބުތައް އެންޓަރކޮށް ރަނަގަޅު
ޖަވާބު ސެލެކްޓްކުރާށެވެ. ކްއިޒް އެއްކޮށް ހަދާ ނިމުމުން އެހެން ދަރިވަރުން
ބައިވެރިކޮށް އެންމެ ރަނގަޅަށް ޖަވާބުދޭ ބައިވެރިޔާ ފާހަގަކުރަންވާނެއެވެ. ކަހޫޓްގެ
ކްއިޒް ކުރިއަށް ގެންދަންވާނީ މުދައްރިސް ދެއްވާ އިރުޝާދާ އެއްގޮތަށެވެ. މި ގޭމަކީ
ގޭގައި އަމިއްލައަށް ވެސް ކުޅެވިދާނެ ގޭމެކެވެ.
ކަހޫޓް
ގޭމް ނުވަތަ ކްއިޒް ބޭނުންކޮށްގެން ތަފާތު ޙަރަކާތްތައް ކުރިއަށް
ގެންދެވިދާނެއެވެ. މި ގޮތުން ފިލާވަޅު ދަސްކުރުމަށް ކްއިޒް ހަދައިގެން ގޭމެއްގެ
ގޮތަށް ގެންދެވިދާނެއެވެ. އަދި ޕްރޮޖެކްޓް މަސައްކަތްކުރާއިރު ސާރވޭ ކުރުމަށް ވެސް
ބޭނުންކުރެވިދާނެއެވެ. ކުލާހުގައި މުދައްރިސްގެ އިރުޝާދުގެ ދަށުން ކަހޫޓްގެ ކްއިޒް
ކުރިއަށް ގެންދާއިރު އެންމެ އަވަހަށް ޖަވާބުދެވޭތޯ ބަލަންވާނެއެވެ.
9. ޕްރޭޒީގެ ތަޢާރަފް
![Related image](https://fitsmallbusiness.com/wp-content/uploads/2019/02/Prezi-Logo4.png)
* މަޢުލޫމާތު ނެގި ލިންކްތައް:-
ފާހަގަކުރެވުނު ލިމިޓޭޝަންތައް /
މެނޭޖުކުރި ގޮތް
ޕްރޭޒީ ބޭނުންކުރުން
ޕްރޭޒީ
ބޭންކުރީ ގްރޭޑް 10 ގެ ދަރިވަރުން ލައްވާ އޮންލައިން ޕްރެޒެންޓޭޝަނެއް ހެދުމަށެވެ.
މިގޮތުން ދަރިވަރުން ލައްވާ ޅެމުގެ ޖުމުލަ މާނަ ލިޔުއްވާ، ލިޔުނު މާނައާމެދު
ދަރިވަރުންގެ ޚިޔާލުތައް ހުރިގޮތް ބެލުމަށް ޕްރެޒެންޓޭޝަން ހެދުން ކުރިއަށް
ގެންދެވުނެވެ. މި މަސައްކަތުގެ ތެރެއިން ބައެއް ދަރިވަރުންނަށް ލޮގިންވާން
އުނދަގޫވިއެވެ. އެއީ އަމިއްލަ ޕްރޭޒީ އެކައުންޓް ހުޅުވާއިރު ލިޔަންޖެހޭ ޕާސްކޯޑް
ނަންބަރު ނުބައިކޮށް ލިޔެވުމުންނެވެ. މިކަން ހައްލުކުރުމުގެ ގޮތުން ވަކިވަކި
ދަރިވަރުންނަށް ލޮގިންވާނެ ގޮތް ކިޔައިދެވުނެވެ. އަދި ލޮގިންވެވުނު ދަރިވަރުންގެ
އެހީތެރިކަން ހޯދައިގެން މަސައްކަތް ކުރިއަށް ގެންދެވުނެވެ. މިއީ ވެސް ދަރިވަރުން
ވަރަށް ބޮޑަށް ޝައުޤުވެރިވި މަސައްކަތެކެވެ.
މުދައްރިސުން މި ޓޫލް
ބޭނުންކުރާނެ ގޮތް / ކުރާނޭ ކަންކަން
ޕްރޭޒީ
ޕްރޭޒީ
ބޭނުންކުރުމަށް ޓަކައި މުދައްރިސުން ފުރަތަމަ ކުރަންވި ކަމަކީ (https://prezi.com) ޕްރޭޒީ ޑޮޓް ކޮމްއަށް ވަނުމެވެ.
އެއަށްފަހު ޕްރޭޒީ ޕޭޖަށް ވަންނާށެވެ. ދެން މެއިލް ބޭނުންކޮށްގެން
ލޮގިންވުމަށްފަހު "ކްރިއޭޓް ފްރޮމް ޓެމްޕެލޭޓް" ސެލެކްޓްކުރާށެވެ.
އެއަށްފަހު ބޭނުންވާ ދާއިރާ ސެލެކްޓް ކުރުމަށްފަހު ޓެމްޕްލޭޓަށް ދާށެވެ. ދެން
ޕްރެޒެންޓޭޝަން ޓައިޓްލް ލިޔުމަށްފަހު "އެނީވަން އޮންދަ ވެބް" އަށް
ކްލިކޮށް ކޮންޓިނިއުކޮށްލާށެވެ. އެއަށްފަހު ސާމްޕަލް ޓޭމްޕްލޭޓްތަކުގެ ތެރެއިން
ބޭނުންވާ ޓެމްޕްލޭޓަށް ކްލިކްކޮށްލާށެވެ. ދެން އާދައިގެ ޕްރެޒެންޓޭޝަން ހަދާގޮތަށް
ޓެކްސްޓް އަދި އިމޭޖް ބޭނުންކޮށްގެން ފުރިހަމަކުރަމުން ގެންދާށެވެ. މިގޮތަށް
ޓެމްޕްލޭޓް ނަގައިގެން މަސައްކަތްކުރާއިރު، އިތުރު އައިކަންތައް ބޭނުން
ކުރެވޭނެއެވެ. ޓެކްސްޓް ފިލްކުރުމާއި ޝޭޕްގެ ލައިންތައް އިންކްރީސް އަދި ޑިކްރީސްކޮށް
ޝޭޕްގެ ކުލަ ވެސް ބަދަލުކުރެވޭނެއެވެ. މީގެ އިތުރުން ޓެމްޕްލޭޓްގެ އެންމެ
މަތީގައިވާ ބައިން ސްޓައިލް ބަދަލުކޮށް އިންސާރޓަށް ގޮސް ފޮންޓް، އިމޭޖް، ޓޮޕިކް
އަދި އައިކަން ސިންބަލް ބަދަލުކުރެވޭނެއެވެ. އަދި ހަމައެހެންމެ އިމޭޖްތައް
ސާރްޗްކުރުމާއި ޒޫމް އިން ކުރުމާއި ޒޫމް އައުޓްކުރުމުގެ އިތުރުން ތަފާތު 4 ގޮތަށް
ޝެއަރ ކުރެވޭނެއެވެ. މިގޮތުން "ޕްރެޒެންޓް"ކުރުމާއި
"ވިއުލިންކް"ކުރުމާއި
"ކޮލަބަރޭޓް"ކުރުމާއެކު"ލައިވްޕްރޭޒީ" ވެސް ޝެއަރކުރެވެއެވެ.
މިއީ ދަރިވަރުން ވަރަށް ބޮޑަށް ޝައުޤުވެރިކޮށްގެން ގެންދެވިދާނެ މަސައްކަތެކެވެ.
ޕްރެޒީ
ބޭނުންކުރުމުން ދަރިވަރުންގެ ވިސްނުން ފުޅާކުރުމަށް އެހީތެރިވެދޭނެއެވެ. މިގޮތުން
އިންޑިވިޖްއަލްކޮށް އަދި ގްރޫޕްތަކުގައި ޕްރެޒެންޓޭޝަން ހެދުމާއި އައިސީޓީ
ޓޫލްތައް ބޭނުންކުރާ ގޮތް އެސެސްކުރުމަށާއި އުފެއްދުންތެރިކަން އިތުރުކުރުމަށް
ޕްރޭޒީ ބޭނުންކުރެވިދާނެއެވެ.
ދަރިވަރުން މި ޓޫލް ބޭނުންކުރާނެ
ގޮތް / ކުރާނޭ ކަންކަން
ޕްރޭޒީ
ދަރިވަރުން
ޕްރޭޒީ ބޭނުންކުރުމަށް ޓަކައި ކުރަންޖެހޭ ފުރަތަމަ މަސައްކަތަކީ ޕްރޭޒީ ޑޮޓް ކޮމް
ޕޭޖަށް ވަނުމަށްފަހު ލޮގިންނަށް ކޮށް މެއިލް ލޮގްކޮށްލުމުވެ. އެއަށްފަހު ޕްރޭޒީ
ޕޭޖުން "ކްރިއޭޓް ފްރޮމް ޓެމްޕްލޭޓް' ނަގާށެވެ. އަދި ބޭނުންވާ ދާއިރާތަކުގެ
ތެރެއިން ކޮންމެވެސް އެއް ދާއިރާއަކުން ޓެމްޕްލޭޓް ނެގުމަށްފަހު އައިދައިގެ ޕަވަރޕ
ޕޮއިންޓް ޕްރެޒެންޓޭޝަން ހަދާގޮތަށް މަސައްކަތްކުރަމުން ގެންދާށެވެ. ޓެމްޕްލެޓް
ފުރިހަމަކުރުމަށް ބޭނުންވާ އިތުރު ފީޗާސްތައް ސްލައިޑްގައިވާ އިމޭޖް އަދި
ޓެކްސްޓްތަކަށް ކުލިކްކޮށްލުމުން ފެންނާނެއެވެ. މިގޮތުން ޓެމްޕްލޭޓްގެ މަތީގައި
"ސްޓައިލް" އަދި "ޓޮޕިކް" "ޝެއަރ" ކުރެވޭނެއެވެ.
ޕްރޭޒީއަކީ
ދަރިވަރުންގެ ވިސްނުމާއި ކްރިއޭޓިވިޓީ އަދި ކޮލްބަރޭޓިވް މަސައްކަތްތައް ކުރިއަށް
ގެންދިޔުމަށް ބޭނުންކުރެވިދާނެ ވަރަށް މުހިއްމު ޓޫލެކެވެ. މީގެ އިތުރުން
ދަރިވަރުންގެ އައިސީޓީ ޓޫލްތަކަށް އަހުލުވެރިވެފައިވާ މިންވަރު ބެލުމަށާއި އެކި
މާއްދާތަކުން ދަރިވަރުންނަށް ލިބޭ މަޢުލޫމާތުތައް ބޭނުންކޮށްގެ ޕްރެޒޭންޓޭޝަން
ސްކިލް ރަނގަޅުކުރެވިދާނެއެވެ. މިގެ އިތުރުން ވާހަދެއްކުމުގެ ހުނަރު ވެސް ތަރައްޤީ
ކުރެވިދާނެއެވެ.
10. ޕަވަރ
ޕޮއިންޓް ޕްރެޒެންޓޭޝަން
![Image result for powerpoint presentation logo](https://fiverr-res.cloudinary.com/images/t_main1,q_auto,f_auto/gigs/20715622/original/4567b0d822cf7c9218287a6849e46f4bca90066c/create-a-professional-powerpoint-presentation.png)
* މަޢުލޫމާތު ނެގި ލިންކްތައް:-
ފާހަގަކުރެވުނު ލިމިޓޭޝަންތައް /
މެނޭޖުކުރި ގޮތް
ޕަވަރ ޕޮއިންޓް ޕްރެޒެންޓޭޝަން ބޭނުންކުރުން
ޕަވަރ
ޕޮއިންޓް ޕްރެޒެންޓޭޝަން ގަޑިތަކަކީ ޢާއްމުކޮށް ކުލާހުގައި ގެންދެވޭ ގަޑިތަކެކެވެ.
މިގޮތަށް ތަކުރާރުކޮށް ޕްރެޒެންޓޭޝަން ގަޑިތައް ކުރިއަށް ގެންދާތީވެ މާބޮޑު
މައްސަލަތަކެއް ދިމައެއްނުވެއެވެ. މިގޮތުން މިގަޑި ކުރިއަށް ގެންދިޔައީ ގްރޭޑް 7
ގެ ދަރިވަރުންނަށެވެ. މިގޮތުން އެކުއްޖެއްގެ އަމިއްލަ ނަފުސު ދެނެގަންނާގެ
ގޮތްތަކާ ގުޅޭ ގޮތުންނެވެ. މި މަސައްކަތުގައި ކުލާހުގެ ވަރަށް ގިނަ ދަރިވަރުން
ބައިވެރިވިއެވެ. ބައެއް ދަރިވަރުންނަށް ދިމާވި ކަމަކީ އިތުރަށް ވަގުތު
ބޭނުންކުރެވުމެވެ. މިކަން ހައްލުކުރުމަށް ޓަކައި ތަފާތު އިރުޝާދުތައް
ދީފައިވާނެއެވެ. މިގޮތުން ބައެއް ކުދިންގެ ސްލައިޑްތަކުގައި ޓެކްސްޓް މަދުކުރުމާއި
ދައްކާ ވާހަކަތައް ޚުލާޞާކޮށްގެން ކުރުކޮށް ބޭނުންކުރުން ހިމެނެއެވެ. މި މަޢުލޫމާތުތައް
ދަރިވަރުންނަށް ކިޔައިދިނުމުން މިހާރު ގިނަކުދިން ވަގުތަށް ފައްތައިގެން
ޕްރެޒެންޓް ކުރެއެވެ.
މުދައްރިސުން މި ޓޫލް
ބޭނުންކުރާނެ ގޮތް / ކުރާނޭ ކަންކަން
ޕްރެޒެންޓޭޝަން
ޕްރެޒެންޓޭޝަނަކީ
ދަރިވަރުންގެ ތަފާތު ހުނަރުތައް ކުރިއެރުވުމަށް ދެވޭ ވަރަށް މުހިއްމު
މަސައްކަތެކެވެ. މިގޮތުން ދަރިވަރުން ލައްވާ ޕްރެޒެންޓޭޝަން ހަދަންދޭއިރު
މަސައްކަތްކުރަންވީ ގޮތުގެ ރަނގަޅު އިރުޝާދު ދޭންވާނެއެވެ. މިގޮތުން އެންމެ
ފަސޭހަކަމާއެކު މަސައްކަތްކުރުމަށް ޓަކައި ބޭނުންކުރަންޖެހޭ ޓޫލްތަކާއި
ޑިޒައިންތައް އަދި އެނިމޭޝަން ދޭނެ ގޮތް ކިޔައިދޭންވާނެއެވެ. މިގޮތުން މާސްޓަރ
ސްލައިޑް ސެޓަޕް ހެދުމަށްފަހު ދެން ހުރި ސްލައިޑްތައް ހެދުމުން ޕްރެޒެންޓޭޝަންގެ
ސެޓަޕް ރަނގަޅުވެގެންދާނެއެވެ. އަދި ކޮންމެ ސްލައިޑެއް ހަދާއިރު ސްލައިޑާ
އެކަށީގެންވާ ގޮތަށް ޓެކްސް ބޭނުންކުރުމާއި އިމޭޖް ބޭނުންކުރުމަށް
ސަމާލުކަންދޭންވާނެއެވެ. މިއީ އޮފް ލައިންގައި ކުރެވޭ މަސައްކަތަކަށްވާތީ، ކުރާ
ކޮންމެ މަސައްކަތެއް ވެސް ސޭވްކުރުމަށް އިރުޝާދުދޭންވާނެއެވެ. މިއީ ދަރިވަރުންގެ
އުފެއްދުންތެރިކަމާއި މުވާޞަލާތުކުރުމުގެ ހުނަރު ވަރަށް ބޮޑަށް ތަރައްޤީ ކުރެވޭ
ޓޫލަކަށް ވަތީ ދަރިވަރުންގެ އަމިއްލަ ޚިޔާލަށް މަސައްކަތްކުރުމުގެ ފުރުޞަތު
ދިނުމަކީ ވެސް މުހިއްމު ކަމެކެވެ. މިގޮތުން ޓެމްޕްލެޓް ނެގުމާއި ޑިޒައިންކުރުމާއި
އެނިމޭޝަން އުފެއްދުމާއި އިމޭޖް އަދި އޯޑިއޯ ވީޑިއޯ ހެދުންފަދަ މަސައްކަތްތައް
ދަރިވަރުން އަމިއްލައަށް ކުރުމަށް ބާރުއަޅަންވާނެއެވެ.
ދަރިވަރުން މި ޓޫލް ބޭނުންކުރާނެ
ގޮތް / ކުރާނޭ ކަންކަން
ޕްރެޒެންޓޭޝަން
ޕަވަރ
ޕޮއިންޓް ޕްރެޒެންޓޭޝަނަކީ ދަރިވަރުންނަށް ބޭނުންކުރަން ވަރަށް ފަސޭހަ ޓޫލެކެވެ.
މިގޮތުން ބޭނުންކުރާ ސިސްޓަމްގެ ޑެސްކްޓޮޕުން ނުވަތަ ސްޓާރޓް ބަޓަނަށް ގޮސް
ވިންޑޯސް އޮފީސް ހުޅުވާލުމަށްފަހު އޭގެ ތެރެއިން ޕަވަރ ޕޮއިންޓް ހުޅުވާލާށެވެ. ދެން
ސްކްރީންގެ އެންމެތީގައިވާ ޓޫލް ބާ ތަކުގެތެރެއިން ފައިލް ނެގުމަށްފަހު "ނިއު
ޕްރެޒެންޓޭޝަން" ނަގާށެވެ. އެއަށްފަހު ބޭނުންވާ ޓެމްޕްލެޓް އަދި ޑިޒައިން
އިޚުތިޔާރުކޮށް ސެލްކެޓްކުރާށެވެ. އޭގެ ފަހުގައި ޓެކްސްޓް ބޮކްސް ނެގުމަށްފަހު
ބޭނުންވާ މަޢުލޫމާތުތައް ލިޔާށެވެ. އަދި ފޮޓޯއާއި ވީޑިއޯ ބޭނުންކުރާނަމަ
އެކަންވެސް ފުރިހަމަކޮށްލެވިދާނެއެވެ. ދެން އިތުރަށް ރީތިކުރުމުގެ ގޮތުން
ކުރަންހުރި މަސައްކަތްތައް ފުރިހަމަކޮށްލެވިދާނެއެވެ. މިގޮތުން ޓެކްސްތަކާއި
އިމޭޖްތަކަށް އެނިމޭޝަންގެ އިފެކްޓް ދިނުމާއި ފޮންޓް ކުލަ ބަދަލުކުރުމާއި
ޝޭޑްކުރުންފަދަ މަސައްކަތްތައް ކުރެވިދާނެއެވެ. ކޮންމެ މަސައްކަތެއް ކުރުމަށްފަހު
ސޭވުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. ސްލައިޑްތަކުގައި ޓެކްސްޓް
ބޭނުންކުރާއިރު މަޢުލޫމާތުތައް ޕޮއިންޓްތަކެއް ގޮތުގައި ލިޔުމަށް ސަމާލުވާށެވެ.
އަދި މާގިނައިން ލިޔުންތައް ހިމެނުމުގެ ބަދަލުގައި އެންމެ ކުރުކޮށް މައިގަނޑު
ވާހަކަތައް ބުނެދެވޭ ގޮތަށް ޓެކްސްތަކާއެކު އިމޭޖް ބޭނުންކުރެވިދާނެއެވެ.
އަމިއްލަ ރިފްލެކްޝަން
ގޫގުލް ކްލާސްރޫމް
ގޫގުލް
ކްލާސްރޫމް ޓޫލަކީ ކާމިޔާބު އުނގަންނައިދިނުމަކަށް ވަރަށް ބޭނުންތެރި ޓޫލެކެވެ. މި
ޓޫލް ބޭނުންކޮށްގެން ދަރިވަރުން ޝައުޤުވެރިވާ ގޮތަށް ފިލާވަޅުތައް ގެންދެވެއެވެ.
އަދި ކޮލަބަރޭޓިވް ޙަރަކާތްތަކެއް ކުރިއަށް ގެންދެވެއެވެ. އެހެންނަމަވެސް ކޮންމެ
ވަގުތެއްގައި ރަނގަޅު ސްޕީޑްގައި އިންޓަރނެޓްގެ ޚިދުމަތް ނުލިބޭތީ ގެންދިޔުމުގައި
ދަތިތަކެއް ކުރިމަތިވިއެވެ. އަދި ބައެއް ދަރިވަރުންގެ އަތުގައި ޖީ- މެއިލް
އެކައުންޓް ނެތުމުން ވެސް ބޭނުންކުރުމުގައި ހުރަސްތަކެއް ކުރިމަތިވިއެވެ. މި ޓޫލް
ގިނައިން ބޭނުންކުރަން ފެށުމުން ދަރިވަރުން ލައްވާ ކާމިޔާބު މަސައްކަތްތަކެއް
ކުރެވޭނެއެވެ. މީގެ ސަބަބުން ކަރުދާހާއި ޕްރިންޓްގެ ޚަރަދުތައް ކުޑަވެ
މަސައްކަތްތައް ބަލަހައްޓަން ވެސް ފަސޭހަވާނެއެވެ.
ގޫގުލް ޑޮކްސް
ގޫގުލް
ޑޮކްސްގައި އޮންލައިންކޮށް މަސައްކަތް ކުރެވޭތީ ދަރިވަރުން މި ޓުލް ބޭނުންކުމަށް
ވަރަށް ބޮޑަށް ޝައުޤުވެރިވެއެވެ. މިއީ ދަރިވަރުންގެ ޚިޔާލުތައް
މުއްސަނދިކުރުމަށާއި ގުޅިގެން މަސައްކަތްކުރުމަށް ދެވޭ ރަނގަޅު ފުރުޞަތެކެވެ. އަދި
މި ޓޫލްގައި މަސައްކަތްތައް ކުރާނަމަ ކުލާހަށް ޙާޟިރުނުވެވޭ ދުވަހެއްގައި ވެސް
މަސައްކުރެވި ނޯޓްތައް ލިބިގެންދާނެއެވެ. އަދި ދަރިވަރުން ކުރަމުންދާ
މަސައްކަތާމެދު ފާޑުކިޔުމާއި މަޝްވަރާކުރުމުގެ ފުރުޞަތު ލިބިގެން ދާތި ކިޔެވުން
އަމިއްލައަށް ކުރިއެރުވެއެވެ. މިއީ ދަރިވަރުންގެ މަސައްކަތްތަކަށް ވަގުތުން
ފީޑްބެކް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ ޓޫލަކަށް ވަތީ، މަސައްކަތްތައް ރަނގަޅަށް
ފުރިހަމަކޮށް، އިތުރަށް ރަނގަޅުކުރެވެއެވެ. މީގެ އިތުރުން ރީޑިންގ ޕްރޮސެސް އާއި
ރައިޓިންގ ޕްރެސެސް ވަރަށް ބޮޑަށް ކުރިއެރުވެއެވެ. މި ޓޫލްގައި މަސައްކަތްކުރާއިރު
އެއްފަހަރާ ގިނަކުދިންތަކެއް އެކި ދުވަސްތަކުގައި އަޕްލޯޑްކޮށް ހަދާނަމަ
މުދައްރިސަށް މަސައްކަތްތައް ވަޒަންކުރަން އުނދަގޫވަނެއެވެ. އޭގެ ބަދަލުގައި
"ޑިއުޑޭޓް" ތަކެއް ދިނުމަށްފަހު އަޕްލޯޑްކުރުމަށް ހަނދާންކޮށްދިނުން
މުހިއްމެވެ.
ގޫގުލް މެޕްސް
ގޫގުލް މެޕްސް ބޭނުންކޮށްގެން ތަފާތު މަސައްކަތްތައް
ކުރުމަކީ ދަރިވަރުން ވަރަށް ޝައުޤުވެރިވި ކަމެކެވެ. މިގޮތުން މެޕް ބޭނުންކޮށްގެން
ދުނިޔޭ އެކި ހިސާބުގައިވާ ޚާއްޞަ ތަންތަން ބަލާލުމަކީ ދަރިވަރުން ވަރަށް ގަޔާވި
އަދި އެތައް މަޢުލޫމާތެއް ލިބިގެންދިޔަ ކަމެކެވެ. ކުދިން ދުވަހަކުސް ދެވިފައިނުވާ
ތަނަކަށް ދެވުމުން އެފަދަ ތަނަކަށް ދިޔުމުގެ ތަޖުރިބާ އިޙްސާސްކުރެވި އިތުރަށް
ކުރިއަށް ގެންދަން ބޭނުންވިއެވެ. އަދި ތާރީޚް ޢިލްމާއި ޖޯގްރަފީއަށް ޚާއްޞަ
ޝައުޤުވެރި ކަމެއް އުފެދިގެންދާނެއެވެ. މިއީ އެއްކުއްޖަކު އަނެއްކުއްޖަކާ ގުޅިގެން
މަސައްކަތްކުރުމަށް ހިތްވަރުދޭ ޕްލެޓްފޯމެކެވެ. އެހެންނަމަވެސް ގޫގުލް މެޕް
ބޭނުންކުރާއިރު ދަރިވަރުންގެ ކޮންޓްރޯލް ގެއްލިގެންދާނެތީވެ، ރަނގަޅު
އިރުޝާދުތައްދި މަސައްކަތްކުރާ ގޮތުގެ "އައުޓްލައިން" އެއް ދިނުމަކީ
މުހިއްމު ކަމެއް ކަމުގައި ދެކެމެވެ.
ގޫގުލް ޑްރައިވް
މިއީ
ކިޔަވައިދިނުމަށް ބޭނުންކުރާ މެޓީރިއަލްތަކާއި ދަރިވަރުން ކުރަމުންދާ
މަސައްކަތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ބޭނުންކުރެވޭ ވަރަށް މުހިއްމު
ޑްރައިވެކެވެ. އަދި ދަރިވަރުންގެ މަސައްކަތްތައް އެސެސްކުރުމަށާއި ފީޑްބެކް
ދިނުމަށް ވެސް އިތުރު ފަސޭހަކމެއް ގެނެސްދޭ ޓޫލެކެވެ. މީގެ އިތުރުން ދަރިވަރުންގެ
މަސައްކަތްތައް އެއް ދަރިވަރަކު އަނެއް ދަރިވަރަކާ ޝެއަރކޮށް ފީޑްބެކް ވެސް
ހޯދެއެވެ. ދަރިވަރުންނަށް ގޫގުލް ޑްރައިވްގައި ޑޮކިއުމަންޓްތައް ޝެއަރކުރާއިރު
ޑާޓާތަކުގެ މަޢުލޫމާތުތައް ނުގެއްލޭ ގޮތަށް މުދައްރިސް ކޮންޓްރޯލްކޮށް ބޭނުންވާ
މިންވަރަށް އެކްސެސް ދިނުމަށް ސަމާލުކަންދޭންވާނެއެވެ. އަދި ހަމައެހެންމެ ހުރިހާ
ޑްކިއުމަންތަކެއް ރަނގަޅަށް ތަރުތީބުކޮށް، ލިންކުރުމަށް ވެސް
އިރުޝާދުދެވިދާނެއެވެ.
ގޫގުލް ޝީޓް
ގޫގުލް
ޝީޓަކީ ދަރިވަރުން އެކްޓިވް ލާރނިންގ ތެރޭގައި ގެންގުޅުމަށް އެހީތެރވެދޭ ޓޫލެކެވެ.
މިގޮތުން އަމަލީ މަސައްކަތްތައްކުރުވުމާއި މަޢުލޫމާތު ރައްކާކޮށް ބެލެހެއްޓުމުގެ
ގޮތުން ދަރިވަރުން ލައްވާ މި ޓޫލް ބޭނުންކޮށް ކިތަންމެ ކަމެއް ކުރިއަށް
ގެންދެވިދާނެއެވެ. މިގޮތުން މަޒުމޫނު، ރިޕޯޓް ލިޔުމުގެ ގޮތުން މަޢުލޫމާތު
އެއްކުރުމަށާއި ދިރިއުޅުމުގެ ތަޖުރިބާތަކާ ގުޅޭ މަޢުލޫމާތުތައް ހޯދުމަށް ފަހު
ޑާޓާތަކެއްގެ ގޮތުގައި ޝީޓްގައި ރައްކާކުރެވިދާނެއެވެ. މިގޮތުން ގްރާފްތައް
ހެދުމާއި ޗާޓްތައް ހަދައިގެން މަޢުލޫމާތުތައް ފަސޭހައިން ރައްކާކުރެވެއެވެ. މީގެ
އިތުރުން ކިޔެވުން މެނޭޖްކުރުމަށް ޓަކައި ޕްލޭންތައް ހެދުމަށާއި ތަފާތު ފޯމްތައް
ހެދުމަށް ޝީޓް ބޭނުންކުރެވިދާނެއެވެ. މިއީ ދަރިވަރުން އެންގޭޖްކޮށް މަސައްޖަތްތައް
ކުރިއަށް ގެންދެވޭ ޓޫލެކެވެ. މި ޓޫލް ދަރިވަރުން ލައްވާ ބޭނުންކުރާއިރު ރަނގަޅު އިރުޝާދު
ދީގެން އަޚުލާޤީ މައްސަލަތައް ދިމާނުވާ ގޮތަށް ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ.
ޔޫޓިއުބް
ޔޫޓިއުބްގައި
ހުންނަ ތަޢުލީމީ ވީޑިއޯތަކަކީ ދަރިވަރުން ވަރަށް ބަލާހިތްވާ ގޮތަށް
ފަރުމާކޮށްފައިވާ ވީޑިއޯތަކެކެވެ. އަދި ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމާ ގުޅޭ އިރުޝާދު
އެކުލެވޭ ވީޑިއޯތައް ހުރުމުން ޚިޔާލެއް ހޯދާލުމަށް ވެސް ދަރިވަރުން ޔޫޓިއުބް
ބޭނުންކުރެއެވެ. އަދި ކިޔެވުމާ ގުޅޭ ތަފާތު މަސައްކަތްތައް ދަސްކުރުމަށް ވެސް
ޔޫޓިއިބް ބޭނުންކޮށް އުޅެއެވެ. މިގޮތުން އެކި ކަންކަމުގައި ދަރިވަރުން ޔޫޓިއުބް
ބޭނުންކުރާއިރު މިކަމަށް މުދައްރިސް ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހެއެވެ.
މިގޮތުން ކިޔެވުމާ ގުޅުން ހުންނަ ވީޑިއޯތައް ބޭނުންކުރުމަށް އެކްސެސްދެވިދާނެއެވެ.
އަދި ބޭނުމެއް ނެތް ގޮތުގައި ވީޑިއޯތައް ޑައުންލޯޑްކޮށް ބޭނުންކުރުމުން ކިޔެވުމާ
ދުރުވެ މުނިފޫހިފިލުވުމުގެ ޙަރަކާތެއްގެ ގޮތުގައި ބަދަލުވުމަކީ ވެސް ވެދާނެ
ކަމެކެވެ. އެހެންކަމުން ގޭގައި ޔޫޓިއުބް ބޭނުންކުރާއިރު ވެސް ރަނގަޅު ގޮތުގައި
ބޭނުންކުރުމަށް އިރުޝާދުދީ، ބެލެނިވެރިންނަށް ދަރިވަރުން ކުރާ މަސައްކަތްތައް
ގާތުން ބޭލުމަށް ލަފާދޭންވާނެއެވެ.
ގޫގުލް ޑްއޯ
މި ޓޫލަކީ މުދައްރިސުންގެ ފަންނީ ކުރިއެރުމަށާއި
ކިޔަވައިދިނުން އުފެއްދުންތެރި ގޮތެއްގައި ގެންދިޔުމަށް ޓަކައި ބޭނުންކުރެވިދާނެ
ވަރަށް މޮޅު ޓޫލެކެވެ. އަދި ދަރިވަރުންގެ ކިޔެވުން އެންމެ ފައިދާހުރި ގޮތުގައި
ގެންދިޔުމަށް ވެސް ނުހަނު ބޭނުންތެރި ޓޫލެކެވެ. ޚާއްޞަ ގޮތެއްގައި ކުލާހުގައި
އެކްޓިވްކޮށް ކިޔެވުމަށް ޓަކައި މީ ޓޫލްގެ ބޭނުން އެތައް ގޮތަކަށް ހިފިދާނެއެވެ.
މިގޮތުން ގްރޫޕް މަޝްވަރާކުރުމަށާއި ފެސިލިޓޭރަރުންގެ މަޢުލޫމާތުތައް
ދަރިވަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން މި ޓޫލް ބޭނުންކުރެވިދާނެއެވެ. އަދި
އެސެސްކުރުމާށާއި މޮޅަށް އުނގެނޭ ކުދިންގެ ތަޖުރިބާތައް ހިއްސާކޮށްގެން ތަފާތު
ލާރނިންގ ސްޓައިލްތައް މިޓޫލްގެ އެހީގައި ކްރިއޭޓްކުރެވިދާނެއެވެ. ކްލާސް ރޫމްގައި
މި ޓޫލް އެންމެ ރަނަގަޅަށް ބޭނުންކުރެވޭނީ ރަނގަޅު ސިސްޓަމެއް ބަހައްޓައިގެންނެވެ.
މިގޮތުން ކޮލިޓީ ސައުންޑް ސިސްޓަމަކީ ރަނގަޅު ޑިޖިޓަލް ޓީވީއެއް ހުންނަން
ޖެހޭނެއެވެ. މީގެ އިތުރުން ކްލާސްރޫމް ސެޓަޕް ވެސް ރަނގަޅަށް ހެދިފައި
ހުންނަންވާނެއެވެ.
ކަހޫޓް
ކަހޫޓަކީ ކްލާސްރޫމްގައި ކިޔަވައިދިނުމަށް
ބޭނުންކުރެވިދާނެ ވަރަށް އިފެކްޓިވް ޓޫލެކެވެ. މިގޮތުން ޔުނިޓެއް ކިޔަވައިދީ
ނިމުމުންނާއި ވަކި ޓޮޕިކެއް ކިޔަވައިދީފައި ދަރިވަރުންނަށް ދަސްވި މިންވަރު
ބެލުމަށް މި ޓޫލް ބޭނުންކުރެވިދާނެއެވެ. ޚާއްޞަ ގޮތެއްގައި ޓެސްޓަށް
ދަސްކުރުމުށާއި ރިވިސަނަށް ފަރިތަކުރުމުގެ ގޮތުންވެސް މި ޓޫލްގެ ބޭނުންތެރިކަން
ބޮޑެވެ. ކަހޫޓަކީ ކްއިޒް ޓައިޕްގެ ޓޫލަކަށްވާތީ ދަރިވަރުންނަށް ދަސްވި އެއްޗެއް
ސުވާލުތަކާއި ޖަވާބުތަކެއްގެ ގޮތުގައި ލިޔެ އެހެން ދަރިވަރުންނަސް
ހިއްސާކޮށްލުމަކީ ނުހަނު ފަސޭހައިން ކުރެވިދާނެ ކަމެކެވެ. މިއީ އޮންލައިންކޮށް
ކުރެވޭ ކަމަކަށްވާއިރު، ގިނަ ކުދިންނަށް ބައިވެރިވެވި ޝެއަރ ވެސްކުރެވެއެވެ. މި
ޓޫލުގައި ހަދާ ކްއިޒަކީ ވަގުތުން ނަތީޖާ ލިބޭ ޓޫލަކަށް ވާތީ، ދަރިވަރުންގެ
ޝައުޤުވެރިކަން ވެސް އިތުރުކޮށްދެއެވެ. އަދި ދަރިވަރުންގެ ވިސްނުން ފުޅާކުރުމަށް
ވެސް މި ޓޫލް ބޭނުންކުރެވިދާނެއެވެ. އަދި މުދައްރިސުންގެ ބޭނުމަށް ދަރިވަރުން
އެސެސްކުރުމަށާއި ސާރވޭ ކުރުމަށް ވެސް މި ޓޫލް ބޭނުންކުރެވެއެވެ.
ޕްރޭޒީ
ޕްރޭޒީގެ ސަބަބުން ކިޔަވައިދިނުމަށް ލިބޭ އެންމެ ބޮޑު
ފަސޭހަ ކަމަކީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކިޔަވައިދިނުމަށް ބޭނުންވާ
ޕްރެޒެންޓޭޝަން ތައްޔާރުކޮށްލެވުމެވެ. މިގޮތުން ދަރިވަރުންގެ ޕްރޮޖެކްޓް
މަސައްކަތްތަކަށާއި މުދައްރިސުންގެ ކިޔަވައިދިނުމުގައި އިފެކްޓިވްކޮށް އަދި
ކޮލަބެރޭޓިވްކޮށް ފިލާވަޅު ގެންދާނަމަ މި ޓޫލްގެ އެހީ ހޯދުމަކީ މުހިއްމު ކަމެކެވެ.
އެގޮތުން ސާމްޕަލް ޓެމްޕްލެޓްތަކާއި ސްލައިޑްތަކުގެ ސެޓަޕް ހެދިފައި ހުރުމުން
ދަރިވަރުންނަށް ވެސް މަސައްކަތުގައި ފޫހިނުވެ ތިބެ ކުރިއަށް ގެންދެވެއެވެ. އަދި
އެސެސްކުރާ ޓޫލެއްގެ ގޮތުގައި ވެސް މި ޓޫލް ބޭނުންކުރެވިދާނެއެވެ. މި ޓޫލް
ބޭނުންކުރާ އިރު އަބަދުވެސް އިންޓަރނެޓްގެ ޚިދުމަތް ރަނގަޅަށް ލިބެންހުރުމަކީ
ވަރަށް ބޭނުންތެރި ކަމެކެވެ. އަދި ދަރިވަރުން ކުރާ މަސައްކަތްތައް
ޝެއަރކުރެވެއެވެ.
ޕްރެޒެންޓޭޝަން
ޕަވަރ
ޕޮއިންޓް ޕްރެޒެންޓޭޝަނަކީ ކްލާހުގައި މުދައްރިސުން އެންމެ ގިނައިން ބޭނުންކުރާ
އެއް ޓޫލެވެ. އަދި ދަރިވަރުން ލައްވާ ވެސް ޢާއްމުކޮށް ޕްރެޒެންޓޭޝަން ހުށައެޅުން
ކުރިއަށް ގެންދެވެއެވެ. ޙަޤީޤަތުގައި މިޓޫލް ބޭނުންކުރުމުން ދަރިވަރުންގެ ވާހަކަދެއްކުމުގެ
ހުނަރު ތަރައްޤީކުރުމާއެކު ބަހުގެ މުއްސަނދަކިން އިތުރުކޮށްދިނުމަށް
އެހީތެރިވެދެއެވެ. ރަނގަޅު ޕްރެޒެންޓޭޝަނެއް ތައްޔާރުކުރުމަކީ ވަރަށް ގިނަ
ޓޫލްތަކެއް ބޭނުންކޮށްގެން ކުރެވޭ ކަމަކަށްވުމުން މަސައްކަތް ފުރިހަމަކުރުމުގައި
ދަރިވަރުންގެ ޝައުޤުވެރި މަސައްކަތްތަކެއް ފެނިގެންދާނެއެވެ. މި ޓޫލް ބޭނުންކުރާއިރު
ގިނަ ދަރިވަރުން ބޭނުންކުރާނީ ބޭސިކް ޓޫލްތަކެވެ. އެހެންނަމަވެސް ފުރިހަމަ
ޕްރެޒެންޓޭޝަނެއް ހެދުމަށް ޓަކައި އެޑްވާންސް ޓޫލްތައް ބޭނުންކޮށްގެން ދަރިވަރުން
ޝައުޤުވެރިވާ މޮޅު ޕްރެޒެންޓޭޝަނެއް ހެދުމަށް ބާރުއެޅުމަކީ މުދައްރިސުން އިތުރަށް
ސަމާލުކަން ދޭންޖެހޭ ކަމެކެވެ.
ތަޖުރިބާކުރެވުނު ކަންކަން
ދަރިވަރުންނަށް
ކިޔަވައިދިނުމަށް ޓަކައި ބޭނުންކުރި ގިނަ އައިސީޓީ ޓޫލްތަކަކީ މުޅިން އާ
ޓޫލްތަކަށްވުމުން އެ ޓޫލްތައް ވެގެންދިޔައީ ދަރިވަރުންނަށް ބޭނުންކުރަން އުނދަގޫ
އަދި ބީރައްޓެހި ޓޫލްތަކަކަށެވެ. އެހެން ނަމަވެސް މި ޓޫލްތައް ބޭނުންކުރާ ގޮތް
ކިޔައިދީ ރަނގަޅު އިރުޝާދުތައް ދިނުމުން ދަރިވަރުން ވަރަށް ބޮޑަށް ގަޔާވި ކަމަށް
ޤަބޫލުކުރެވުނެވެ. މިގޮތުން މި ޓޫލްތައް ބޭނުންކުރަން އެނގުނު ހިސާބުން ވަރަށް
ކޯޕަރޭޓްކޮށް ހުރިހާ ދަރިވަރުން ވެސް މަސައްކަތްތައް ކޮށްފައިވެއެވެ. މި ޓޫލްތައް
ބޭނުންކުރަން ފެށުމުން ދަރިވަރުން ކިޔެވުމުގައި އެކްޓިވްވެ އިފެކްޓިވްކޮށް، މަސައްކަތައްކުރަމުން ދިޔަކަން
ފާހަގަކުރެވުނެވެ. ޙަޤީޤަތުގައި މި ޓޫލްތަކަކީ މުދައްރިސުންނާއި ދަރިވަރުންނަށް ލުއިފަސޭހަކޮށް
ބޭނުންކުރެވޭ ގޮތަށް ބައްޓަންކޮށްފައިވާ ޓޫލްތަކެކެވެ. މީގެ ސަބަބުން މުދައްރިސް
މަސައްކަތްތަކަށާއި ދަރިވަރުންގެ މަސައްކަތްތަކަށް ނުހަނު ބޮޑު ލުއިފަސޭހަ ކަމެއް
ގެނެސްދީފިއެވެ.
ދަރިވަރުންގެ
ކިޔެވުމުގައި އައިސީޓީ ޓޫލްތައް ބޭނުންކުރަން ފެށުމުން އުނގެނުމައި
އުނގަންނައިދިނުމަކީ މާނަހުރި ގޮތެއްގައި ކުރިއަށް ގެންދެވޭ ކަމަކަށްވެއްޖެއެވެ.
ކިޔެވުމާ ދޭތެރޭ ކުރިން ދަރިވަރުން ދެކެމުން އައި ކަންނެތްކަމާއި ފޫހިކަން
ފިލައިގެން ހިނގައްޖެއެވެ. އަދި ޝައުޤުވެރިކަމައެކު ފިލާވަޅުތަކުގައި ބައިވެރިވެ
އެއް ދަރިވަރަކު އަނެއް ދަރިވަރަކާ ދެމެދު އެހީތެރިވެދިނުމުގެ ގޮތްތައް
ބޭނުންކުރަން ފަށައިފިއެވެ. އައިސީޓީ ޓޫލްތަކުގެ ސަބަބުން ދަރިވަރުންގެ
މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި އެސެސްކުރުމަށް ވެސް މި ޓޫލްތަކުގެ
ބޭނުން އެބަ ހިފެއެވެ. މިއީ ޒަމާނީ ކިޔެވުމަކަށް ދަރިވަރުންގެ ސިކުނޑިތައް
ހުޅުވާލަދިން ތަނަވަސް ފުރުޞަތެކެވެ. ހަމައެހެންމެ މުދައްރިސުންގެ
ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުވުމާއި ޒަމާނާ އެއްގޮތަށް ކިޔަވައިދިނުން
ބައްޓަންކުރުމަށް ލިބުނު ފަހި ފުރުޞަތަކަށް ވެސް ވެއްޖެއެވެ. މީގެ ސަބަބުން
މުދައްރިސުން ޓެކްނޮލޮޖީގެ ވަޞީލަތްތަކަށް ވަރަށް ބޮޑަށް އަހުލުވެރިކުރުވޭނެއެވެ.
އަދި ދަރިވަރުން އުފާވާ ގޮތަށް ކްލާސްރޫމްގެ މާހައުލު ބަދަލުކޮށް ފަހި އަދި
ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދެވޭނެއެވެ.
ދެމެހެއްޓެނިވި
ގޮތުގައި ޒަމާނީ ތަޢުލީމެއް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ޓަކައި އައިސީޓީ
ޓޫލްސްތައް ބޭނުންކޮށްގެން ކިޔަވައިދެވޭނީ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިން
މިކަމަށް ހޭލުންތެރިކޮށްގެންނެވެ. މިގޮތުން ދަރިވަރުންނަށް އައިސީޓީ ޓޫލްތައް
އެންމެ އިފެކްޓިވް ގޮތެއްގައި ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދިނުމާއި
މުދައްރިސުންނަށް މިކަމާ ގުޅުން ހުރި މަޢުލޫމާތުތައް ދީ އަހުލުވެރިކުރުވަން
ޖެހެއެވެ. އަދި ހަމައެހެންމެ ބެލެނިވެރިންނަށް މިކަމާ ގުޅުން ހުރި އެންމެ ފަހުގެ
މަޢުލޫމާތުތައް ދީ ބޭނުންތެރިކަމާ ބެހޭގޮތުން އިތުރަށް ހޭލުންތެރިކުރުވުމަކީ
މުހިއްމު ކަމެއް ކަމުގައި ދެކެމެވެ. މީގެ އިތުރުން މުދައްރިސުންނަށް އައިސީޓީ
ޓޫލްތަކުގެ ޓްރެއިން ޕްރޮގްރާމްތަކެއް ހިންގުމަކީ ވެސް ކުރަންޖެހިފައި އޮތް
ކަމެކެވެ. ހަމަ އެހެންމެ މި ޓޫލްތައް ބޭނުންކުރަން ފެށުމުން ބައެއް ފަހަރަށް
ދަރިވަރުންގެ އިޖުތިމާޢީ ފޭރާން ބަލިކަށިވާތަން ވެސް ފެނެއެވެ. އެކަމަށް ޓަކައި
ދަރިވަރުންގެ އިޖުތިމާޢީ ގުޅުންތަކާއި ހުނަރުތައް ވަރުގަދަކުރުމަށް ވެސް
ބާރުއެޅުމަކީ ވެސް ކުރާންޖެހިފައި އޮތް ކަމެކެވެ. އަދި ކްލާހުގައި މި ޓޫލްސްތައް ބޭނުންކުރާއިރު
ހުރިހާ ކުދިންނަށް ހަމަހަމަ ގޮތެއްގައި ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދޭން
ޖެހޭނެއެވެ. އައިސީޓީ ޓޫލްސްތައް ބޭނުންކުރުމުގައި ދިމާވާ އެންމެ ބޮޑު
ގޮންޖެހުމަކީ ބައެއް ޓޫލްތަކުގައި ދިވެހި ފޮންޓް ބޭނުން ނުކުރެވޭތީ އެކްޓިވިޓީތައް
ގެންދަން އުނދަގޫވުމެވެ. އެހެންކަމުން މި ޓޫލްތަކުގައި ދިވެހި ފޮންޓްތައް ވެސް
ބޭނުންކުރެވޭނެ އިންތިޒާމެއް ކޮންމެވެސް ގޮތަކުން ހަމަޖެއްސުމަކީ ވެސް ދިވެހި
ބަހުގެ ގަޑިތައް ފައިދާހުރި ގޮތުގައި ގެންދިޔުމަށް ލިބޭ އިތުރު ބާރެކެވެ.
ކްލާހުގައާއި
ގޭގައި ދަރިވަރުން ބޭނުންކުރާ އއިސީޓީ ޓޫލްސްތަކުގެ ސަބަބުން ބައެއް ފަހަރަށް ޑިސިޕްލިންގ
އަށް އަސަރުފޯރުވާ ޓޫލްތައް ހުންނާތީވެ، ބޭނުންކުރުމުގައި ޚާއްޞަ ސަމާލުކަމެއް
ދިނުމަށް މުދައްރިސުން ވިސްނަންވާނެއެވެ. އަދި އެންމެ ރައްކާތެރިކަމާއެކު
ބޭނުންކުރާނެ ގޮތްތައް ވެސް ދަރިވަރުން ކިޔައިދީ އިރުޝާދު ދީ ހެދުމަކީ ކޮންމެ
މުދައްރިސަކު ވެސް ކުރަންޖެހޭނެ ކަމެކެވެ. ބައެއް ފަހަރު ކްލާހުގައި ބޭނުންކުރާ ބައެއް
ޓޫލްތަކުގައި މަސައްކަތް ފުރިހަމަކުރަން ގިނަ ވަގުތު ނަގާތީ ދަރިވަރުންގެ
މޯޓިވޭޝަން ގެއްލޭ ފަހަރު ވެސް އަތުވެދާނެއެވެ. މިފަދަ ވަގުތުތަކުގައި ވަރަށް
ރޭވުންތެރި ގޮތެއްގައި ދަރިވަރުންނަށް އިރުޝާދު ދީ މަސައްކަތްތައް
ފުރިހަމަކުރުމަށް ބާރުއެޅުމަކީ އިސްކަންދޭންޖެހޭ ކަމެކެވެ.
ސްކޫލްތަކުގައި
އައިސީޓީ ޓޫލްތައް އެންމެ ފައިދާހުރި ގޮތުގައި ގެންދިޔުމަށް ޓަކައި ކުރަންޖެހޭ
އެއް މަސައްކަތަކީ ރަނގަޅު ޓެކްނީޝަނުން އުފެއްދުމެވެ. މިގޮތުން ދަރިވަރުން
ބޭނުންކުރަމުންދާ ޓެބްލެޓްތަކަށް ދިމާވާ ހުރިހާ މައްސަލަތަކެއް ހައްލުކޮށްދީ ކޮންމެ
ވަގުތެއްގައި ވެސް ބޭނުންކުރެވޭނީ އައިޓީ ޓެކްނީޝަނެއް ހުރެގެންނެވެ. މީގެ
އިތުރުން ބޭނުންކުރާ އިންޓަރ ނެޓްގެ ސްޕިޑް ދަށްވުމުން ބައެއް ޓޫލްތައް ރަނގަޅަށް
ނުގެންދެވޭ ގޮތް ދިމާވާ ޙާލަތްތަކުގައި ވެސް އެކަންވެސް ހައްލުކޮށްދިނުމުގައި
ޓެކްނީޝަނުންނަށް އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ. މިގޮތުން ޓެބްލެޓްތަކުގައި ހުންނަ
ބޭކާރު ފައިލްތަކާއި ފޯލްޑާތައް ޑިލީޓްކޮށްދިނުމާއި ބޭނުންކުރަޖެހޭ އެޕްތައް
އަޅައިދިނުން ހިމެނެއެވެ.
ކުރިޓިކަލް ރިވިއު
ދަރިވަރުންނަށް
ޒަމާނީ ތަޢުލީމް ފޯރުކޮށްދިނުމުގައި އައިސީޓީ ޓޫލްތައް ބޭނުންކުރުމަކީ
މުހިއްމު ކަމެކެވެ. މިގޮތުން މުދައްރިސުން ކިޔަވައިދޭ ކޮންމެ ފިލާވަލެއްގައި ވެސް
ކޮންމެވެސް ޓޫލެއް ބޭނުންކުރުމުން ދަރިވަރުންގެ އުނގެނުމަށް ހެޔޮ ބަދަލުތަކެއް
އަންނާނެއެވެ. ލިމް، ސީ. ޕީ (2007) ވިދާޅުވާ ގޮތުގައި
އައިސީޓީ ޓޫލްސްއަކީ އުނގެނުމާއި އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް ވަރަށް ބޮޑު
ބަދަލެއް ގެނެސްދޭ ކަމެކެވެ. މީގެ ތެރޭގައި ދަރިވަރުން ކޮލަބަރޭޓިވްވުމާއި
ކޯޕަރޭޓިވްކޮށް މަސައްކަތްތައްކުރުމާއި އަދި މީނިންގފުލް ގޮތެއްގައި ދަރިވަރުންގެ
ކިޔެވުން ކުރިއަށް ގެންދިޔުން ހިމެނެއެވެ. ހަމަ އެހެންމެ ގީ، ޖޭ. ޕީ (2011)
ހާމަކުރައްވާ ގޮތުގައި އައިސީޓީ ޓޫލްތައް ބޭނުންކުރުމުން ދަރިވަރުން އުނގެނޭ
ކަންކަމަކީ ކޮންޓެންޓް ބޭސްޑް ކަމަށްވުރެ ބޮޑަށް ސްކިލްޑް ބޭސްޑް ކަމަކަށް
ހަދައިދެވެއެވެ. މިކަން މިހެން އޮތުމުން ޓެކްނޮލޮޖީގެ ހުރިހާ ވަޞީލަތްތަކެއް ވެސް
ދަރިވަރުންނަށް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަކީ
ކޮންމެ މުދައްރިސަކު ވެސް ކުރަންޖެހޭ ކަމެއް ކަމަށް ޤަބޫލުކުރަން ޖެހެއެވެ.
އެހެންކަމުން މިޒަމާނުގެ ކިޔަވައިދިނުމުގައި ޓެކްނޮލޮޖީގެ ގިނަ ވަޞީލަތްތައް
ބޭނުންކޮށް ދަރިވަރުންގެ އުނގެނުން ބައްޓަންކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.
ކިޔައިވައިދިނުމުގައި
އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ އެއް ކަމަކީ ދަރިވަރުންގެ ހުނަރުތައް ތަރައްޤީ
ކުރުމެވެ. މިގޮތުން ދަރިވަރުންގެ ކިބައިގައި ނަފްސާނީ ހުނަރުތަކާއި ޖިސްމާނީ
ހުނަރުތަކާއި ވިސްނުން ފުޅާކުރުމުގެ ހުނަރަތައް ތަރައްޤީކޮށްދިނުމަށް އިސްކަމެއް
ދެވިދާނެއެވެ. މެކްމަހޮން، ޖީ (2009) ހާމަކުރައްވާ ގޮތުގައި އައިސީޓީ ޓޫލްތައް
ކުލާހުގައި ބޭނުންކުރުމުން ދަރިވަރުންގެ ކްރިޓިކަލް ތިންކިންގއަށް ގިނަ
ފުރުޞަތުތައް ފަހިވެގެންދެއެވެ. މީގެ އިތުރުން ހޮނަން، އީ (2008) ވިދާޅުވާ
ގޮތުގައި ދަރިވަރުންގެ ކޮންމެ އުނގެނުމެއްގައި ޓެކްނޮލޮޖީގެ ވަޞީލަތްތައް
ބޭނުންކުރުމުން އަމިއްލަ ވިސްނުން އެތައް ގޮތަކުން ކުރިއަރައިގެން ދެއެވެ. މިއީ
ދަރިވަރުން ކަންކަން އަމިއްލަ ތަޖުރިބާކޮށް އަމަލީ މަސައްކަތައް ކުރުމަށް
މުދައްރިސުންގެ އިރުޝާދުގެ ދަށުން ގެންދެވޭ ވަރަށް ފައިދާހުރި ޙަރަކާތްތަކެވެ.
މިގޮތުން ޑައުސް، އެލް (2001) ވިދާޅުވާ ގޮތުގައި ދަރިވަރުން ލައްވާ ކުލާހުގައި
އެކްޓިވިޓީތައް ކުރިއަށް ގެންދާއިރު އައިސީޓީ ޓޫލްތައް ބޭނުންކޮށް ތަފާތު
އެސައިންމަޓްތައް ހަދަން ދިނުމުން ދިމާވާ ހުރަސްތަކާމެދު ފުންކޮށް ވިސްނާ ކަންކަމުގެ
ހައްލު އަމިއްލައަށް ހޯދާގަނެއެވެ. އަދި އައިސީޓީ ޓޫލްތަކަކީ ދަރިވަރުންގެ
ހުނަރުތައް އެންމެ މޮޅަށް އެސެސްކޮށްދޭ ޓޫލްސްތަކަކަށް ވެސް ވެދެއެވެ. އެހެންކަމުން
ދަރިވަރުންގެ ވިސްނުންތެރިކަން ފުޅާކުރުމަށް ޓަކައި ވެސް އައިސީޓީ ޓޫލްތައް
ބޭނުންކޮށް ކިޔައިވައިދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
މުދައްރިސުންގެ ޒަމާނީ ކިޔަވައިދިނުމުގައި
ބޭނުންކުރާ ޓެކްނޮލޮޖީގެ ވަޞީލަތްތަކަކީ ކިޔަވައިދިނުމަށާއި އުނގެނުމަށް ތަފާތު
ބަދަލުތަކެއް އަންނާނެ ކަމެކެވެ. މީގެ ތެރޭގައި ދަރިވަރުން އުނގެނޭ ސްޓައިލާއި
މުދައްރިސުންގެ އުނގަންނައިދިނުން ބައްޓަންކުރާ ގޮތްތަކަށް ވެސް ބަދަލުތަކެއް
އަންނާނެއެވެ. މިގޮތުން ގްރައްބެ، އެމް އެންޑް ގްރަބެ، ސީ (2007) ހާމަކުރައްވާ
ގޮތުގައި ކްލާސްރޫމުގައި މުދައްރިސުން އައިސީޓީ ޓޫލްތައް ބޭނުންކުރުމުން ޓީޗިންގ
އެންޑް ލާރނިންގ ކޮލިޓީ އިމްޕްރޫވްވެގެންދެއެވެ. މިގޮތަށް އަންނަ ބަދަލުތަކުގެ
ތެރޭގައި ގުޅިގެން ކިޔަވައިދިނުމާއި ޝައުޤުވެރި މަސައްކަތްތަކެއް ކުރުމާއި
ދަރިވަރުންގެ ފުރިހަމަ ބައިވެރިވުން ލިބުން ހިމެނެއެވެ. އަދި ހަމައެހެންމެ
ކިޔަވައިދިނުމުގައި ޓެކްނޮޖީގެ ވަޞީލަތްތައް ބޭނުންކުރުމުން މުދައްރިސުންގެ ދައުރު
ކުޑަވެ ދަރިވަރުންގެ ރޯލް ބޮޑުކޮށްދިނުމަށް ވެސް އެހީތެރިވެދެއެވެ. މިގޮތުން ލައުރިލާޑް،
ޑީ (2012) ހާމަކުރައްވާ ގޮތުގައި އައިސީޓީ ޓޫލްތައް ބޭނުންކުރުމުން ކިޔަވައިދޭ
މެތަޑް ނުވަތަ ކިޔވައިދޭ ގޮތް ބަދަލުކުރުވުމުއެކު ޓީޗަރ ސެންޓާޑުން ސްޓޫޑެންޓް
ސެންޓާޑް އުނގެނުމަކަށް ދަރިވަރުން ބަދަލުކުރުވައެވެ. އެހެންކަމުން ޓެކްނޮލޮޖީގެ
ވަޞީލަތްތައް ވެފައިވަނީ ހުރިހާ ދަރިވަރުން ޝާމިލްކޮށްގެން ކިޔަވައިދޭ އަދި
އެކްޓިވް ލާރނިންގ އަކަށް މަގުފަހިކޮށްދޭ މުހިއްމު ހަތިޔާރަކަށެވެ.
ރިފަރެންސް
ހޮނަން، އީ. (2008). ބެރިއަރސް ޓޫ ޓީޗާރސް
ޔޫސިންގ ޑިޖިޓަލް ޓެކްސްޓްސް އިން ލިޓަރެސީ ކްލާސްރޫމްސް. ލިޓަރެސީ، ވޮލް.
42،
ޕީޕީ.36-43.
ލައުރިލާޑް، ޑީ. (2012). ޓީޗިންގ އޭސް އަ
ޑިޒައިން ސައިންސް: ބިންޑިންގ ޕެޑަގޮޖިކަލް ޕެޓާރންސް އެންޑް ޓެކްނޮލޮޖީ.
ނިއުޔޯކް: ރޫޓްލޮޖް.
ލިމް، ސީ. ޕީ. (2007). އިފެކްޓިވް
އިންޓަރގްރޭޝަން އޮފް އައިސީޓީ އިން ސިންގަޕޯ ސްކޫލް: ޕެޑަގޮޖިކަލް އެންޑް
ޕޮލިސީ
އިމްޕްލިކޭޝަންސް، އެޑިޔުކޭޝަން ޓެކްނޮލިޖީ ރިސާޗް ޑިވެލޮޕްމަންޓް، ވޮލް.
55، ޕީޕީ.83-116.
މެކްމަހޮން، ޖީ. (2009). ކްރިޓިކަލް ތިންކިންގ
އެންޑް އައިސީޓީ އިންޓަރގްރޭޝަން އިން އަ ވެސްޓާން އޮސްޓްރޭލިއަން
ސެކަންޑަރީ ސްކޫލް އެޑިއުކޭޝަނަލް އެންޑް ސޮސައިޓީ، ވޮލް. 12، ޕީޕީ.269-281.
ގީ، ޖޭ. ޕީ. (2011). ލޭންގްއޭޖް އެންޑް ލާރިންގ
އިންދަ ޑިޖިޓަލް އޭޖް. ނިއުޔޯކް" ރޫޓްލޮޖް.
ގްރައްބެ، އެމް. އެންޑް ގްރަބެ، ސީ. (2007). އިންޓަރގްރެޓިންގ
ޓެކްނޮލޮޖީ އޮން މީނިންގފުލް ލާރނިންގ. (5 ވަނަ
އިސްދާރު). ބޯސްޓްން އެންވައު: ހޯޓަން މިޓްލިން.
އިސްދާރު). ބޯސްޓްން އެންވައު: ހޯޓަން މިޓްލިން.
ޑައުސް، އެލް. (2001). ވަޓް ސްޓޮޕްސް ޓީޗާސް
ޔޫސިންގ ނިއު ޓެކްނޮލޮޖީ؟ އިން އެމް. ލީސްޓް(އީޑީ)، އިސޫސް އިން ޓީޗިންގ
ޔޫސިންގ
އައިސީޓީ(ޕީޕީ. 61-79). ލަންޑަން: ރޫޓްލޮޖް.
Tioga, NY - The Tinted Weddingbands, Casino & Bars
ReplyDeleteTioga, NY. T-shirt. titanium shift knob T-shirt. T-shirt. T-shirt. T-shirt. used ford edge titanium T-shirt. T-shirt. titanium price per ounce T-shirt. can titanium rings be resized T-shirt. T-shirt. T-shirt. T-shirt. T-shirt. titanium engagement rings for her T-shirt. T-shirt.